ބެލްކަނީގައި އެލިގެން އޮތް ކުއްޖާގެ ބައްޕަ އުޅުނީ މަގުމަތީ ގޭމް ކުޅެން
ބެލްކަނީގައި އެލިގެން އޮތް ކުއްޖާގެ ބައްޕަ އުޅުނީ މަގުމަތީ ގޭމް ކުޅެން

ޕެރިސް (މެއި 30) - ފްރާންސްގެ ޕެރިހުގެ އުތުރުގެ ހިސާބެއްގެ އިމާރާތެއްގެ ބެލްކަނީގެ ހަތަރު ވަނަ ބުރީގައި އެލިގެން އޮއްވައި ސަލާމަތް ކުރި ކުޑަ ކުއްޖާގެ ބައްޕަ ފިހާރައަކަށް ގޮސް، ދެން އުޅުނީ މަގުމަތީ ޕޮކެމަން ގޯ ގޭމް ކުޅެން ކަމަށް ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނެފި އެވެ.

ބެލްކަނީގައި އެލިގެން އޮތް ކުއްޖާގެ ބައްޕަ އުޅުނީ މަގުމަތީ ގޭމް ކުޅެން
ބެލްކަނީގައި އެލިގެން އޮތް ކުއްޖާގެ ބައްޕަ އުޅުނީ މަގުމަތީ ގޭމް ކުޅެން

އެ ކުއްޖާގެ މަންމަ ދިރިއުޅެނީ ރިޔޫނިއަންގަ އެވެ. ޕެރިހުގައި ދިރިއުޅެމުން ދަނީ ހަތަރު އަހަރުގެ ކުއްޖާ އާއި އެ ކުއްޖާގެ ބައްޕަ އެވެ. ކުއްޖާގެ މަންމަ ބުނީ އެ ހާދިސާގެ ޚަބަރު ފްރާންސް ފުލުހުން ފޯނުކޮށް އޭނާ އަށް ދިން ކަމަށެވެ. އަދި ކުއްޖާ ސަލާމަތްކުރާ ވީޑިއޯ އިންޓަނެޓުން ބެލި ކަމަށް ވެސް ބުންޏެވެ. ކުއްޖާ ސަލާމަތްކުރާ ވީޑިއޯ ވަނީ މިލިއަނަކަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ. ކުއްޖާގެ މަންމަ ބުނީ އެ ހާދިސާ ހިނގުމުގެ ބައިގަޑިއިރު ކުރިން ކުއްޖާގެ ބައްޕައަށާއި އެ ކުއްޖާ އަށް ވީޑިއޯ ކޯލަކުން އޭނާ ވާހަކަ ދެއްކި ކަމަށެވެ.

ބެލްކަނީގައި އެލިގެން އޮތް ކުއްޖާގެ ބައްޕަ އުޅުނީ މަގުމަތީ ގޭމް ކުޅެން
ބެލްކަނީގައި އެލިގެން އޮތް ކުއްޖާގެ ބައްޕަ އުޅުނީ މަގުމަތީ ގޭމް ކުޅެން

ކުއްޖާގެ މަންމަ ވަނީ އެ މީހުންގެ ދެ ވަނަ ދަރިފުޅާ އެކު އަންނަ މަހު ޕެރިހަށް ބަދަލުވާން ނިންމައިފަ އެވެ. ކުއްޖާގެ މަންމަ އަކީ ރިޔޫނިއަން އަށް އުފަން މީހެކެވެ.

ކުއްޖާ ބެލްކަނީގައި އެލިގެން އޮތް މަންޒަރު ފެނުމާ އެކު އެ އިމާރާތުގެ ބޭރުން އެއް ބެލްކަނީން އަނެއް ބެލްކަނީ އަށް މައްޗަށް އަރައި ކުއްޖާ ސަލާމަތް ކުރީ މާލީން ހިޖުރަކޮށްފައިވާ އުމުރުން 22 އަހަރުގެ މަމޫދޯ ގައްސާމާ ކިޔާ މީހެކެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އޭނާއާ ބައްދަލު ކުރުމަށް ފަހު މިހާރު ވަނީ ފްރާންސްގެ ރައްވެހިކަން ދޭން ނިންމައިފަ އެވެ. އަދި ޕެރިހުގެ ފަޔާ ގްރިގޭޑުން ވަޒީފާ ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ކުއްޖާ ސަލާމަތް ކުރަން ގައްސާމާ އެރި އިރު ޖެހިގެން ހުރި ބެލްކަނީން ބަޔަކު ތިބީ އެ ކުއްޖާގެ އެއް އަތުގައި ހިފަހައްޓައިގެންނެވެ. އެކަމަކު ދެ ބެލްކަނީގެ މެދުގައިވާ ޑިވައިޑާގެ ސަބަބުން އެ މީހުންނަށް އެ ކުއްޖާ މައްޗަށް ނެގޭ ގޮތެއް ނުވި އެވެ.

ޕެރިސް ޕްރޮސެކިއުޓާ އޮފީހުން ބުނީ ކުއްޖާގެ ބައްޕަ ވަނީ އޭނާ އަށް ކުށެއް ކުރެވުނު ކަމަށް އެއްބަސްވެފައި ކަމަށެވެ. ފްރާންސްގެ ގާނޫނުތައް ބުނާ ގޮތުން ބެލެނިވެރިންގެ ޒިންމާގެ ދަށުގައިވާ ކުދިންނަށް އިހުމާލުވެއްޖެ ނަމަ ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި 35،000 ޑޮލަރުން ޖުރިމަނާ ކުރާނެ އެވެ.