30 މެއި 2018 - 11:19

ވެލިިގާ ހާޑްވެއާ އަށް ދިހަ އަހަރު ފުރުމާ ގުޅިގެން ކުރިޔަށް ގެންދިޔަ "ދިހައެއްވީ ޕްރޮމޯޝަން" ގެ ނަސީބުވެރިން ހޮވައިފި އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ވެލިގާ ހާޑްވެއާގެ ޖަނަވަރީ މަގު ފިހާރާގައި ވަނީ ގުރުއަތުލުން ބާއްވައިފަ އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް 25،000ރ.ގެ ވައުޗަރެއް ހުށަހެޅިއިރު، ދެވަނަ އިނާމަކަށް 10،000ރ. ގެ ވައުޗަރެއް އަދި ތިން ވަނަ އިނާމަކަށް 5،000ރ.ގެ ގެ ވައުޗަރެއް ހުށައެޅި އެވެ.
ވެލިގާ އިން ހިންގި ޕްރޮމޯޝަންގެ އެއްވަނަ އިނާމް ލިބުނީ ނަޒްމީ ކިޔާ މީހެކެވެ. އަދި ދެވަނަ އިނާމް ލިބުނީ އަބްދުﷲ ސޮފްވާން އަށެވެ. ތިންވަނަ އިނާމް ލިބުނީ މަނިކަންދާއޫދު ކިޔާ މީހަކަށެވެ.
އެ ކުންފުނިން ބުނީ އެ ވައުޗަރުތައް ބޭނުންކޮށްގެން ނަސީބުވެރި ފަރާތްތަކަށް ވެލިގާ ގެ ކޮންމެ ފިހާރައަކުން އަދި ބްލަންކްއިން ވައުޗަރުގެ އަދަދަށް ވިޔަފާރި ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އެ ޕްރޮމޯޝަންގައި ވެލިގާގެ ކޮންމެ ފިހާރައަކުން ވަނީ ކޮންމެ ހަަފްތާއަކު ވެސް ނަސީބުވެރި ފަރާތެއް ހޮވައި، 2،000ރ. ގެ ވައުޗަރެއް ހަވާލުކޮށްފަ އެވެ. އެ ގޮތުން 2،000 ރުފިޔާގެ ވައުޗަރު ނަސީބުވެރި 30 ފަރާތަކަށް ހަވާލުކޮށްފައިވާ ކަމަށް ވެސް ވެލިގާ އިން ބުންޏެވެ.
މިދިޔަ މަހުގެ ހަވަނަ ދުވަހުން ފެށިގެން މިމަހުގެ 20ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގައި ވިޔަފާރި ކުރި ފަރާތްތަކަށް 25 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ދީފައިވެ އެވެ. އަދި އެ ޕްރޮމޯޝަނަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ވެސް ވެލިގާ އިން ބުންޏެވެ.