ގުރައިދޫ މަރުކަޒަށް ހޮލިޑޭ އިން ރިސޯޓުގެ ބޮޑު އެހީއެއް
ގުރައިދޫ މަރުކަޒަށް ހޮލިޑޭ އިން ރިސޯޓުގެ ބޮޑު އެހީއެއް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހޮލިޑޭ އިން ރިސޯޓުން އެހީ ދީފި އެވެ.

ގުރައިދޫ މަރުކަޒަށް ހޮލިޑޭ އިން ރިސޯޓުގެ ބޮޑު އެހީއެއް
ގުރައިދޫ މަރުކަޒަށް ހޮލިޑޭ އިން ރިސޯޓުގެ ބޮޑު އެހީއެއް

އެ ރަށު ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދާ ހަވާލުކޮށްފަ އެވެ.

އެ މަރުކަޒުގެ ސީއީއޯ އަހުމަދު ލިއުޝާން "މިހާރު"އަށް ވިދާޅުވީ އެތަނުގައި އަލަށް ގާއިމުކުރި ލޯންޑްރީއަށް ބޭނުންވާ މެޝިނާއި އިސްތިރިކުރާ ތަކެތި ރިސޯޓުން ހަދިޔާކޮށްފައިވާ ކަމަށެވެ.

"އަލަށް ގާއިމްކުރި ލޯންޑްރީ ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އޭގެ އެންމެ މަތީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް އެބަ ކުރެވޭ،" ލިއުޝާން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން ނުދެވޭ އަހައްމިއްޔަތުކަން މި ސަރުކާރުން ދެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އުމުރުން ދުވަސްވީ މީހުންނާއި ސިކުނޑީގެ އެކި ބަލިތައް ހުރި މީހުން ބަލަހައްޓަމުން އަންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ވަރަށް ބޮޑަށް ވީރާނާވެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.