އީދު ހަދިޔާއަކަށް ރެއިންބޯ އިން ބެޑްރޫމް ސެޓެއް ދެނީ
އީދު ހަދިޔާއަކަށް ރެއިންބޯ އިން ބެޑްރޫމް ސެޓެއް ދެނީ

އީދު ހަދިޔާއެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ މީހަކަށް ބެޑްރޫމް ސެޓެއް ލިބޭ ޕްރޮމޯޝަނެއް ރެއިންބޯ އިން ފަށައިފި އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ރެއިންބޯގެ ފޭސްބުކް ޕޭޖަށް ލައިކް ކުރުމުން ބައިވެރި ވެވޭނެ އެވެ. އަދި އެ ކުންފުނީގެ ޕްރޮމޯޝަން ޕޯސްޓް ޝެއާ ކުރުމަށް ފަހު، ކޮމެންޓެއްގެ ގޮތުގައި އެ މީހެއްގެ ފަސް އެކުވެރިއަކު ޓެގް ކުރަންޖެހޭނެ އެވެ.

ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކާ ކުންފުނިން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އަގުހުރި ބެޑްރޫމް ސެޓެއް ދޭނެ ކަމަށެވެ.

ރެއިންބޯ އިން އަންނަނީ ރޯދަ މަހަށް ހާއްސަކޮށް ވެސް ބޮޑު ޕްރޮމޯޝަނެއް ހިންގަމުންނެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވާ މީހުންގެ ތެރެއިން، ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވައި، ކޮންމެ ނަސީބުވެރިއަކަށް ޝެލްބީންސް ރެސްޓޯރަންޓުން 10 މީހަކަށް ރޯދަ ވީއްލުމުގެ ފުރުސަތު ލިބެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ތިން މީހަކަށް 50،000ރ. ގެ ކިޗަން ސިސްޓަމެއް ދޭނެ އެވެ.