ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު
ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު

އިސްލާމްއާބާދު (މެއި 28) - ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ނާސިރުލް މުލްކު ހަމަޖައްސަން ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީތަކުން އެއްބަސްވެއްޖެ އެވެ.

ޕާކިސްތާނަށް ވަގުތީ ބޮޑު ވަޒީރަކު ހަމަޖައްސަނީ މި މަހުގެ ނިޔަލަށް މިހާރުގެ ސަރުކާރުގެ މުއްދަތު ހަމަވާތީ އެވެ. ޕާކިސްތާނުގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ ޖުލައި 25 ވަނަ ދުވަހު އެވެ. މިއީ ޕާކިސްތާނުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ބަދަލުވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެރިކަން ބަދަލުކޮށްފައި ވަނީ އަސްކަރީ އިންގިލާބަކުންނެވެ.

"މިއަދަކީ ޕާކިސްތާނުގެ ޑިމޮކްރެޓިކް ތާރީޚުގައި މުހިންމު ދުވަހެއް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑު ވަޒީރު ޝާހިދު ހައްގާނީ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މިވަނީ ފަސްބައި ސާފު މީހަކާ މެދު އެއްބަސްވުމަކަށް އާދެވިފައި."

މުލްކު ވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިހަ ވަރަކަށް އަހަރުކޮށްފަ އެވެ. އޭގެ ތެރޭން ޖުލައި 2014 އިން އޮގަސްޓް 2015 އަށް ވަނީ އުއްތަމަ ފަނޑިޔާރުކަން ކޮށްފަ އެވެ.

ވަގުތީ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ޕާލަމެންޓް އުވާލާނެ އެވެ. އާ ޕާލަމެންޓް ދެން އެކުލަވާލާނީ އިންތިޚާބަށް ފަހު އެވެ.