ފެނަކައިގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލަން އުރީދުއާ އެކު ސޮއިކޮށްފި
ފެނަކައިގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލަން އުރީދުއާ އެކު ސޮއިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލުމަށް އުރީދުއާ އެކު މިއަދު ސޮއިކޮށްފި އެވެ.

ފެނަކައިގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލަން އުރީދުއާ އެކު ސޮއިކޮށްފި
ފެނަކައިގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލަން އުރީދުއާ އެކު ސޮއިކޮށްފި

އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ނަޖީބު ޚާނެވެ. ފެނަކައިން ސޮއިކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ.

އުރީދޫގެ ޑިރެކްޓަރު ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ ހުރިހާ އިންޖީނުގޭގެ އޮފީސްތަކާއި މާލޭގައި ހުންނަ ހެޑް އޮފީހުގެ ނެޓްވޯލް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން މިހާ ބޮޑު ނެޓްވޯކް ޕްރޮޖެކްޓެއް ނުހިންގަން. މި ނެޓްވޯކުގެ ޚިދުމަތް ދޭނީ އުރީދޫގެ 4ޖީ ނެޓްވޯކު މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެ އާއި އޮފީސްތައް ހުންނަ 152 ރަށް ގުޅާލަން 170 ކަނެކްޝަން އަޅާނެ އެވެ.

"މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭނީ އޮފީސްތައް ނެޓްވޯކަކުން ގުޅާލުމާއި އިންޓަނެޓްގެ ޚިދުމަތް ދިނުން. އޭގެ ދެވަނަ ފިޔަވަހީގެ ދަށުން ފޯނާއި ސީސީޓީވީ ކެމެރާ ވެސް ހަރުކުރަން ވެސް ނިންމާފައިވޭ،" އޭނާ ވިދާޅުވި އެވެ.