ސައުތު ކޭޓަރިން އިން ޑެލިވަރީއާއެކު ރޯދަ ވީއްލުން އަދި ތަރާވީސް ޕެކޭޖްތަކެއް
ސައުތު ކޭޓަރިން އިން ޑެލިވަރީއާއެކު ރޯދަ ވީއްލުން އަދި ތަރާވީސް ޕެކޭޖްތަކެއް

މަޝްހޫރު ސައުތު ކޭޓަރިން އިން ޑެލިވަރީއާއެކު ރޯދަ ވީއްލުން އަދި ތަރާވީސް ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

ކޭޓަރިންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ކުންފުނިން މިފަަހަރު ރޯދައާއެކު ތައާރަފްކުރި "އިފްތާރު" އަދި "ތަރާވީސް" ޕެކޭޖްގައި ތަފާތު ތިން މެނޫއެއް ހިމަނާފައިވެ އެވެ. އަދި އޭގެ އިތުރުން މިފަހަރު ވަނީ ތަފާތު ހަތަރު ޕެކަކާއެކު ޑެލިވަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ.

"އިފްތާރުގައި ބޮޑަށް ހިމަނާފައި ވާނީ ދިވެހިވަންތަ ކެއުންތަކާއި މިކްސް ކެއުންތައް. ތަރާވީސް މެނޫގައި ހުންނަނީ ދިވެހިވަންތަ ހެދިކާ. މި ފަހަރުގެ މެނޫތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ،" އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސައުތު ކޭޓަރިން އިން މިފަހަރު ތައާރަފްކުރި ޑެލިވަރީ ޕެކޭޖްގައި ހިމެނެނީ ފިހުނު މަހާއި ގަރުދިޔަ އާއި ތަންދޫރީ ޗިކަން އަދި ދިވެހި ރޯސްކުރި ކުކުޅު އަދި މުގުރިހަ އަދި ދާލް ފްރައި އާއި ފަރާޓާ އެވެ.

ޑެލިވަރީ ކުރާ ނަމަ އެންމެ ޕެކަކަށް ވެސް އޯޑަރު ކުރެ އެވެ. ޑެލިވަރީ ޕެކެއްގެ އަގު އުޅެނީ 150ރ. އާއި 350ރ. އާ ދެމެދުގަ އެވެ.

"ޑެލިވަރީގައި ވަކި ލިމިޓެއް ނެތް. އެންމެ ޕެކަކަށް ވެސް އޯޑަރު ދެވިދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރޯދަ ވީއްލުމާއި ތަރާވީހަށް ކޭޓަރިން ހިދުމަތް ދެނީ މަދުވެގެން 15 މީހުންނަށެވެ. އަދި 500 އަށް ވުރެ ގިނަ މީހުންނަށް ވެސް ކޭޓަރިންގެ ހިދުމަތް ދޭނެ ކަމަށް ސައުތު ކޭޓަރިން އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޭޓަރިންގެ ހިދުމަތް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލެއަށް ވެސް ދޭ ކަމަށެވެ.