27 ޖޫން 2018 - 13:09

ހަ މަސްވަންދެން ހިލޭ "ކަވާން" ބްރޭންޑް ތައްޔާރީ ރޮށި ލިބޭ ޕްރޮމޯޝަނެއް ލިލީ އިންޓަނޭޝަނަލް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ ރޯދަމަހުން ފެށިގެން އަންނަ މަހުގެ 30ގެ ނިޔަލަށް ކުރިޔަށް ގެންދާ އެ ޕްރޮމޯޝަންގައި، "ކަވާން"ގެ އުފެއްދުންތައް ގަތުމުން މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހަ މަސްވަންދެން ހިލޭ ކަވާންގެ އުފެއްދުންތައް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ލިލީ އިންޓަނޭޝަނަލް އިން އެތެރެކޮށް ވިއްކާ މަޝްހޫރު "ކަވާން"ގެ އުފެއްދުންތަކަކީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލް އުފެއްދުމެކެވެ. އަދި މިއީ ސާފުތާހިރު އަދި އަތްމަތީ ކާނާ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އުފެއްދުމެކެވެ.
"ކަވާން"ގެ އުފެއްދުންތައް މާލޭގެ އެންމެ ބޮޑު ސުޕަމާކެޓްތަކާއެކު ޖުމްލަ 11 ފިހާރައަކުން ލިބެން ހުންނާނެ އެވެ. މިއީ މާކެޓްގައި ލިބެންހުރި އެހެން އުފެއްދުންތަކަށް ވުރެ މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ އުފެއްދުމެކެވެ.