ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ޖުލައި މަހު ބާއްވަނީ
ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ޖުލައި މަހު ބާއްވަނީ

ކަސްޓަމަރުންނާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންތަކާއި ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބޭއްވި ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) ކޮންފަރެންސްގައި ތައާރަފް ކުރި "މޯލްޑިވްސް ބިޒްނަސް އެންޑް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް" އަންނަ ޖުލައި މަހު ބާއްވަން ހަމަޖައްސައިފި އެވެ.

ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ޖުލައި މަހު ބާއްވަނީ
ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑު ޖުލައި މަހު ބާއްވަނީ

ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުނީ އެވޯޑް ދޭނީ ބިޒްނަސް އާއި ޕީޕަލް އަދި ޑިސިޕްލީންގެ އިތުރުން ސްޕެޝަލް ކެޓަގަރީން ކަމަށެވެ.

ބިޒްނަސް ކެޓަގަރީން އެ އެވޯޑް ދޭން ހަމަޖެހިފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ޕަބްލިކް ސެކްޓާ އަށެވެ. މި އެވޯޑް ދޭނީ 44 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ޕީޕަލް ކެޓަގަރީން އެވޯޑް ދޭނީ ކަސްޓަމަރުންނަށްދޭ ހިދުމަތުގެ މައްޗަށް ބިނާކޮށް ވަކި ވަކި ކުންފުނިތަކަށާއި ފަރުދުންނަށެވެ. އަދި މި އެވޯޑުތަކަށް ކުންފުނިތަކާއި ފަރުދުންނަށް އަމިއްލައަށް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. މި އެވޯޑުގައި ސީއެކްސް ޕާސަނަލަޓީ، ސީއެކްސް ޓްރެއިނާ އަދި ސީއެކްސް ޕްރޮފެޝަނަލް ފަދަ ކަސްޓަމާ އެކްސްޕީރިއަންސް ކެޓަގަރީތައް ހިމެނެ އެވެ.

އެ ފައުންޑޭޝަނުން ބުނީ މިފަހަރުގެ އެވޯޑު ހަފުލާގައި 100 އަށް ވުރެ ގިނަ ކުންފުނިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މި އެވޯޑު ދިނުމުގެ ހަފުލާ ވެގެންދާނީ އިންޑަސްޓްރީގެ އޮސްކާއަށް. ބިޒްނަސް އަދި ސީއެކްސް އެވޯޑުން ދައްކައިދޭނީ ކުންފުނިތަކުން ކަސްޓަމަރުންނަށް ދޭ ހިދުމަތާ މެދު ލިބުނު ހިތްހަމަޖެހުމާއި ވިޔަފާރިއަށް ލިބުނު ކުރިއެރުން،" ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުންޏެވެ.

"ކުންފުނިތަކުން މިފަދަ އެވޯޑުތަކުގައި ބައިވެރިވުމަކީ ރާއްޖޭގައި ކަސްޓަމަރުންނަށް ހިދުމަތްދޭ ކުންފުނިތަކަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑުމެން މިތިބީ މިއެވޯޑު ދިނުމަށް ކެތްމަދުވެފައި،" އެ ފައުންޑޭޝަނުން ބުންޏެވެ.

މޯލްޑިވްސް ބިޒްނަސް އެންޑް ސީއެކްސް އެވޯޑް ޕްރޮގްރާމަކީ ޔޫކޭގެ އެތިކަލް އެވޯޑްސް އެކްރެޑިޓޭޝަން ބޯޑު ކަމަށްވާ އިންޑިޕެންޑެންޓް އެވޯޑްސް ސްޓޭންޑާޑް ކައުންސިލުން ފާސްކޮށްގެން ދޭ އެވޯޑެކެވެ. އަދި މި އެވޯޑް ޕްރޮގްރާމްގެ ޗެއާމަނަކީ ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ޑޮން ހޭލްސް އެވެ.