25 މެއި 2018 - 21:44

ލ. ކައްދު އަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ތިބި ބަޔަކު އެ ބޯޓުގެ ކެބިން ކުރޫއާ ދެބަސްވެ ޒުވާބު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 7:30 ގައި ކައްދު އަށް ޖެއްސި މަތިންދާބޯޓެއްގައި އެފަދަ ކަމެއް ހިނގައިގެން އެކަން ބަލަމުން އަންނަ ކަމަށާއި އިތުރު ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށެވެ.
މޯލްޑިވިއަން އިން ވެސް ވަނީ އެފަދަ ކަމެއް ހިނގިކަން ޔަގީން ކޮށްދީފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، ބޯޓުން ދަތުރު ކުރި ފަސް މީހުން އެ މައްސަލާގައި ވަނީ ކައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފަ އެވެ. އެމީހުންގެ މައްޗަށް ތުހުމަތު ކުރަނީ ކެބިން ކުރޫއާ ޒުވާބުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ހެދި ކަމަށެވެ.
މިހާތަނަށް އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.