"ބޮންޑް 25" ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލްކަން ކަށަވަރުވެއްޖެ
"ބޮންޑް 25" ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލްކަން ކަށަވަރުވެއްޖެ

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމް ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލް ކަމަށް އަޑު އަރާފައި ވަނިކޮށް އެކަން އެންމެ ފަހުން ކަށަވަރުކޮށް ދީފި އެވެ.

"ބޮންޑް 25" ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލްކަން ކަށަވަރުވެއްޖެ
"ބޮންޑް 25" ޑައިރެކްޓް ކުރާނީ ޑެނީ ބޮޔެލްކަން ކަށަވަރުވެއްޖެ

ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖީ ވިލްސަން ނެރުނު ބަޔާނެއްގައި ބުނީ އޮސްކާ ހާސިލްކޮށްފައިވާ ޑެނީ ފިލްމްގެ ޑައިރެކްޝަނާ ހަވާލުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޑެނީއާ ފިލްމް ހަވާލު ކުރީ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޮލާން ވެސް މި ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެ އެވެ.

ބާބަރާ ބުނި ގޮތުގައި އަދި ރަސްމީކޮށް ވަކި ނަމެއް އިއުލާންކޮށްފައި ނުވާ "ބޮންޑް 25" ގެ ޝޫޓިން އަންނަ ޑިސެމްބަރު މަހުގެ 3 ގައި ފަށާނެ އެވެ. ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަހު ފިލްމަށް ސޮއިކޮށްފައި ވަނީ 25 މިލިއަން ޑޮލަރުގެ އާމްދަނީއަކަށެވެ.

އޭނާ އަށް އެވަރުގެ އަގެއް ދޭން ޕްރޮޑިއުސަރުން ނިންމީ 2015 ގައި ރިލީޒް ކުރި ބޮންޑްގެ 24 ވަނަ ފިލްމް "ސްޕެކްޓްރާ" އަށް ފަހު، ބޮންޑްގެ ރޯލް ނުކުޅެން ނިންމާފައި ވަނިކޮށެވެ. މި އަގާ އެކު އިނގިރޭސި އެކްޓަރުވެފައި މިހާރު އެންމެ ބޮޑު އަގަކަށް ފިލްމް ކުޅެދޭ އެކްޓަރަށެވެ.

ނޮވެމްބަރު، 8، 2019 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ބޮންޑްގެ ފިލްމްގެ ޑައިރެކްޝަނާ 2008 ގެ "ސްލަމްޑޯމް މިލިއަނާ" އިން އޮސްކާ ހޯދި ޑެނީއާ ހަވާލު ކުރި އިރު، އޭނާ އަންނަނީ މަޝްހޫރު ސްކްރީން ރައިޓަރު ރިޗަޑް ކާޓިސްގެ ސްކްރީންޕްލޭއަކަށް ހަދާ މިއުޒިކަލް ކޮމެޑީއަކަށް ވެސް ތައްޔާރުވަމުންނެވެ.

ކާސްޓުންގެ ތެރޭގައި އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއި ކޭޓް މެކިނަން، ލިލީ ޖޭމްސް އަދި ހިމޭޝް ޕަޓޭލް ފަދަ އެކްޓަޓަރުން ފެނިގެންދާ އަދި ވަކި ނަމެއް އިއުލާކޮށްފައި ނުވާ ފިލްމް ރިލީޒް ކުރަން ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު، 13، 2019 ގަ އެވެ. މި ފިލްމްގެ ޝޫޓިން ވަނީ މިދޔަ މަހުގެ 21 ގައި ފަށައިފަ އެވެ.

ޑެނީ އެންމެ ފަހުން ޑައިރެކްޓްކޮށް، ގެނެސް ދިނީ މިދިޔަ އަހަރު ރިލީޒް ކުރި "ޓީ2 ޓްރެއިންސްޕޮޓިން" އެވެ.

ޔުނިވާސަލް ޕިކްޗާޒަށް އިންޓަނެޝަނަލް ޑިސްޓްރިބިއުޝަން ރައިޓްސް ލިބުނު "ބޮންޑް 25" ގެ ސްކްރީންޕްލޭ ލިޔަނީ "ޓީ2 ޓްރެއިންސްޕޮޓިން" ގެ ސްކްރީން ރައިޓަރު ޖޯން ހޮޖް އެވެ.

"ބޮންޑް 25" ޑެނީ ޑައިރެކްޓް ކުރާ އިރު، މި ފިލްމްވެގެން ދާނީ ކްރެއިގް ބޮންޑްގެ ރޯލް ކުޅެން ފެށި ފަހުން، މި ސީރިޒްގައި މަސައްކަތް ކުރާ ތިން ވަނަ ޑައިރެކްޓަރަށެވެ. ސޭމް މެންޑޭޒް ދެ ފިލްމެއް ޑައިރެކްޓްކޮށްފައިވާ އިރު، މާކް ފޮސްޓާ އާއި މާޓިން ކެމްޕްބެލް ވެސް ޑައިރެކްޝަން ހަދާފައިވެ އެވެ.