"ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އާ ފިލްމް އަންނަ އަހަރުގެ އޮގަސްޓްގައި
"ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އާ ފިލްމް އަންނަ އަހަރުގެ އޮގަސްޓްގައި

ބޮކްސް އޮފީހުގައި 2016 ވަނަ އަހަރު ރިކޯޑް ހެދި އާމިރް ހާންގެ ފިލްމް "ޑަންގަލް" އަށް ފަހު، އެ ފިލްމްގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ލިޔެ، ޑައިރެކްޓް ކުރާ އާ ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

"ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އާ ފިލްމް އަންނަ އަހަރުގެ އޮގަސްޓްގައި
"ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އާ ފިލްމް އަންނަ އަހަރުގެ އޮގަސްޓްގައި

ފިލްމްގެ ނަމާއި ކާސްޓުން އަދި ހާމަ ނުކުރި ނަމަވެސް ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 30 ގަ އެވެ. މި ފިލްމް ޕްރޮޑިއުސް ކުރަނީ ސާޖިދު ނަދިއަދްވާލާގެ ގްރޭންޑް ސަން އާއި ފޮކްސް ސްޓާ ސްޓޫޑިއޯ އިންނެވެ.

އެ ދެ ސްޓޫޑިއޯ އިން ޓްވިޓާގައި ބުނީ ނިތޭޝްގެ އާ ފިލްމްވެގެން ދާނީ ވަރަށް ވެސް ޝައުގުވެރި ވާހަކައެއް ކިޔައިދޭ މި ޖެނަރޭޝަނަށް ހާއްސަ ފިލްމަކަށް ކަމަށެވެ.

ފިލްމްގެ ކާސްޓުން އިއުލާން ނުކުރި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ ބަތަލުގެ ރޯލް ވަނީ ސުޝާންތު ސިންގް ރާޖްޕޫތަށް ހުށަހަޅައިފަ އެވެ. އަދި ކުރިން އަޑު އަރާފައި އޮތް ގޮތުން ނިތޭޝްގެ އާ ފިލްމްގެ ބަތަލުގެ ރޯލް ވަރުން ދަވަން އާއި ރާޖްކުމާރް ރާއޯ އަށް ވެސް ހުށަހަޅައިފައިވެ އެވެ.

ފިލްމް ގެނެސްދޭ ޓީމުން ބުނީ ކާސްޓުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

"ޑަންގަލް" އަށް ފަހު، ނިތޭޝް ދެން ގެނެސް ދޭނެ ފިލްމަކަށް އެތައް ބަޔަކު އަންނަނީ އިންތިޒާރު ވެސް ކުރަމުންނެވެ. އޭނާއަކީ ބޮލީވުޑްގައި މި ވަގުތު ތިބި އެންމެ މޮޅު އަދި އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ.

ޖުމްލަ 70 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޑަންގަލް" އަށް ބޮކްސް އޮފީހުގައި 2,209.3 ކްރޯޑް ރުޕީސް (340 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.