24 މެއި 2018 - 13:26

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މެޓު އޮފީހުން ރީނދޫ އެލާޓް މިއަދު ނެރެފި އެވެ.
މެޓުން ކުރި ޓްވީޓުގައި ބުނީ، ކ. އަދި ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ. އެހެންވެ މެންދުރު 12:45 އިން ހަވީރު 4:45 ވަންދެން ރީނދޫ އެލާޓް ވަނީ ނެރެފަ އެވެ.
ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި 25 މޭލާ 32 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެހެންކަމުން ކަނޑުތައް ވެސް ގަދަވާނެ އެވެ.
މެޓުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވާ ކަމަށެވެ.