ތަރިތައް ބަލައިލަން މާ ފަސޭހަ ގޮތެއް
ތަރިތައް ބަލައިލަން މާ ފަސޭހަ ގޮތެއް

އުޑުމަތީގެ މަންޒަރުތަކަކީ އެކަމަށް ޚާއްސަ ދުރުމީއަކުން ނުވަތަ ޓެލެސްކޯޕަކުން ނޫނީ ސާފުކޮށް ފެންނާނެ މަންޒަރުތަކެއް ނޫނެވެ. އާންމުކޮށް ގިނަ ޓެލެސްކޯޕްތަކުން އުޑުމަތީގެ އަޖައިބުކުރަނިވި މަންޒަރުތައް ބަލަންޖެހެނީ ޓެލެސްކޯޕްގައި ލޯޖަހައިގެންނެވެ. އެކަމަކު ހައިޔުނި ޓެލެސްކޯޕް ފަރުމާކޮށްފައިވަނީ ޓެލެސްކޯޕުން ފެންނަ މަންޒަރުތައް ވަގުތުން ވަގުތަށް ޓެބްލެޓުން ފެންނަ ގޮތަށެވެ.

ހައިޔުނި ޓެލެސްކޯޕަކީ ބުޑުގަނޑަކާ އެއްކޮށް ނަގައި އުފުލޭ ޓެލެސްކޯޕެކެވެ. މިއަށް ފެންނަ މަންޒަރުތައް ދުރުކޮށް ކައިރިކުރުމާއި ސާފުކުރުމާއި އިތުރަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނީ މީގެ ސްމާޓްފޯން އެޕްގެ އެހީގައެވެ. އުޑު ފެންނަ ހިސާބުގައި ހައިޔުނި ޓެލެސްކޯޕް ބަހައްޓާފައި ކޮޓަރީގައި ތިބެގެން ވެސް އުޑުގެ ރީތިކަމުގެ ތެރެއަށް ގެއްލެންވީ އެވެ.

ހައިޔުނި އަކީ ހަމައެކަނި ޓެލެސްކޯޕެއް ނޫނެވެ. މިއީ މައުލޫމާތު ހިއްސާކޮށްދޭ މުހިއްމު ވަސީލަތެކެވެ. ޓެލެސްކޯޕުން ބަލައިލަން ބޭނުންވާ ތަރިއަށް އަޅުވާލުމުން އެ ތަރިއަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ސްކްރީނުން ފެންނާނެއެވެ. މިއީ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ވެސް އިލްމީ ޚަޒާނާއަށް މުހިއްމު އުފެއްދުމެކެވެ.