ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ނުވަ މަރު

ކޮލަމްބޯ (މެއި 23) - ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ނުވަ މީހުން މަރުވެ 23 މީހުން ގެއްލިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފި އެވެ.

ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ނުވަ މަރު
ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ނުވަ މަރު

ލަންކާ އަށް މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު 23،741 މީހުންނަށް ރައްކާތެރިކަން ދީފައިވާ ކަމަށް ވެސް ޑީއެމްސީ އިން ބުނެފައިވެ އެވެ. މީގެ އިތުރުން 17،569 އާއިލާއެއްގެ 66،340 މީހުންނަށް ވިއްސާރައިގައި އެކި ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް ޑީއެމްސީ އިން ބުނެފައިވެ އެވެ.

ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ނުވަ މަރު
ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ނުވަ މަރު

ވިއްސާރައިގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސަރުކާރުން މިހާރު ވަނީ ސިފައިން ފޮނުވައިފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ލަންކާގެ ބައެއް ހިސާބުތަކުގައި ރޭލްގެ ޚިދުމަތް ވެސް އިއްޔެ ވަނީ ހުއްޓާލައިފަ އެވެ.

ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ނުވަ މަރު
ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ނުވަ މަރު

ލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ އިއްޔެ ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ފައިސާ ހަމަޖެއްސުމަށް ޓްރެޝަރީ އޮފިޝަލުންނަށް އަންގަވައިފަ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ހުރިހާ އެހީތެރިކަމެއް ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.