ރަޝިއާގެ މަހުޖަނަކަށް އަންބަކު ހޯދަން ދަރިން ޓީވީ ޝޯއެއް ހަދައިފި
ރަޝިއާގެ މަހުޖަނަކަށް އަންބަކު ހޯދަން ދަރިން ޓީވީ ޝޯއެއް ހަދައިފި

ރަޝިއާގެ މަހުޖަނަކު އިންނާނެ ޒުވާން އަންހެނަކު ހޯދުމުގެ މަސައްކަތް އޭނާގެ ދަރިންނާ ހަވާލުކޮށްގެން ޓީވީ ޝޯއެއްގެ ގޮތުގައި ކުރިއަށް ގެންދަން ފަށައިފި އެވެ.

ރަޝިއާގެ މަހުޖަނަކަށް އަންބަކު ހޯދަން ދަރިން ޓީވީ ޝޯއެއް ހަދައިފި
ރަޝިއާގެ މަހުޖަނަކަށް އަންބަކު ހޯދަން ދަރިން ޓީވީ ޝޯއެއް ހަދައިފި

ޔޫ ޗެނެލުން ގެނެސްދޭ "މިލިއަނާ ފޮ މެރިޖް" ގެ ނަމުގައި ކުރިއަށް ގެންދާ ރިއަލިޓީ ޝޯގައި ޒުވާން އަންހެނަކު ހޯދަނީ ތެލުގެ ވިޔަފާރީގެ މަހުޖަނު ކޮންސްޓަންޓިން ޝާބިނިން، 54، އިންނާށެވެ. މި ޝޯއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ބައްޕަ އިންނާނެ މީހަކު ހޮވަން ކުރިއަށް ގެންދާ ޝޯގެ ޖަޖުންގެ ތެރޭގައި ތިބެނީ ކޮންސްޓަންޓިން ފަސް ދަރިންގެ ތެރެއިން ހަތަރު ދަރިއެކެވެ. އޭނާގެ ތިބެނީ ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.

ދޮށީ ފިރިހެން ދަރިފުޅާ ވިޔަފާރީގެ ޒިންމާތައް މި ދުވަސްކޮޅު ހަވާލުކޮށްފައި ރިއަލިޓީގެ ޝޯގައި ކޮންސްޓަންޓިން ބުރަކޮށް އުޅޭ އިރު، ޖަޖުންގެ ގޮތުގައި ތިބީ ތިން އަންހެން ދަރިންނާއި ހަގު ފިރިހެން ދަރިފުޅެވެ. އޭގެ ތެރޭގައި ހިމެނޭ ދޮށީ އަންހެން ދަރިފުޅު ޓަޓިއާނާ، 35، އަށް ވުރެ ޝޯގައި ވާދަ ކުރާ ގިނަ އަންހެނުން ހަގެވެ.

މި ޝޯގައި 2،000 އަންހެނުން ބައިވެރިވާ އިރު، ބައްޕަ އިންނާނެ މީހަކު ކަނޑައަޅާނީ ޖަޖުންގެ ގޮތުގައި ތިބި ކޮންސްޓަންޓިން ހަތަރު ދަރިންނެވެ.

މިފަދަ ގޮތަކަށް އަންބަކު ހޯދަން ނިންމީ މީގެ ކުރިން ފަސް ކައިވެންޏެއްކޮށް، އެ ކައިވެނިތައް ރޫޅުމުގެ އިތުރުން ކޮންސްޓަންޓިން ބޭއްވި ލޯބީގެ އެއްވެސް ގުޅުމެއް ކާމިޔާބު ނުވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ

"މިލިއަނާ ފޮ މެރިޖް" އަށް ފާޑު ކިޔުންތައް އަމާޒުވި މައިގަނޑު ސަބަބަކީ ގިނަ އަންހެނުންތަކެއް ޝޯގައި ބައިވެރިވުމެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ އެ އަންހެނުން ޝޯގައި ބައިވެރިވީ ފައިސާ އާއި މުދަލާއި މުއްސަނދިކަމުގެ ދަހިވެތި ކަމުގައި ކަމަށެވެ.

އަދި ކޮންސްޓަންޓިން އިންނާނެ މީހަކު ޝޯ ނިމިގެންދާ އިރު ކަނޑައެޅިގެން ދިޔަޔަސް، އެ މީހަކީ އޭނާ ދެކެ ލޯބިވެގެން ކައިވެނި ކުރާނެ މީހެއް ނޫން ކަމަށް ޝޯ ބަލާ ބައެއް މީހުން ބުނެ އެވެ. އަދި މިއީ ފައިސާ އަށް ބޫތު ކައިފައި ތިބި އަންހެނުންތަކެއް "ލޯބި ގުރުބާން ކުރުން" ކަމަށް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.

ޝޯ އިން ފާހަގަވާ އަނެއް ކަމަކީ މީގައި ބައިވެރިވާ މީހުންނަށް ލަދުވެތި ކޮމެންޓްތަކާ ވެސް ކޮންސްޓަންޓިންގެ ދަރިންގެ ފަރާތުން ކުރިމަތިވާތީ އެވެ. އެގޮތުން ބައެއް އަންހެނުންނާ ދިމާލަށް މިއީ "މިތަނަށް ކީއްކުރަން އައިސްގެން އުޅޭ މީހެއްތޯ އާއި ބައްޕަ ބޭނުން ބަނީ ވަރަށް ވެސް ހޮޓް އަންހެނަކު" ހޯދަން ކަމަށް ފަދަ ކޮމެންޓްތައް ކުރެ އެވެ.

އަދި "ކަލޭގެ ކިބައިގައި އަހަރެމެން އެދޭ ފަދަ އެއްވެސް ސިފަ ނެތް" ކަމަށާއި "ރައްކާވާށޭ" ފަދަ ބަސްތަކުން ބައިވެރިންނަށް މުހާތަބު ކުރެ އެވެ. "މިލިއަނާ ފޮ މެރިޖް" އަކީ 16 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ގެނެސްދޭ ޝޯއެކެވެ. މި ޝޯގެ ހޯސްޓަކީ 2015 ގައި މަރާލައިފައިވާ ރަޝިޔާގެ ކުރީގެ ސިޔާސީ ލީޑަރެއް ކަމަށްވާ ބޮރިސް ނެމްސޯވްގެ ލޯބިވެރިއެއް ކަމަށްވާ އެކަޓެރީނާ އޮޑިންޓްސޯވާ އެވެ.

"މިލިއަނާ ފޮ މެރިޖް" ގައި ދަރިން ޓީވީ ޝޯއެއްގައި ދޮންމަންމައަކު ހޯދަން އަތްފުނާ އަޅާތީ ކުރާ މަލާމާތް ވެސް ބޮޑެވެ.