ކުނާލްގެ ދޭޝްމުކްގެ ޑައިރެކްޝަނަކަށް އަނެއްކާ ވެސް އިމްރާން ހާޝިމީ
ކުނާލްގެ ދޭޝްމުކްގެ ޑައިރެކްޝަނަކަށް އަނެއްކާ ވެސް އިމްރާން ހާޝިމީ

އެކްޓަރު އިމްރާން ހާޝިމީގެ އަޑެއްބަޑެއް ނީވޭތާ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް އާ ފިލްމަކަށް އޭނާ ސޮއިކޮށްފި އެވެ.

"މާޑަ" އާއި "ރާޒް" ފްރެންޗައިޒްގެ ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ 39 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލިޒް ކުރި "ބާދްޝާހޯ" އިންނެވެ. މި ފަހަރު އޭނާ ސޮއި ކުރި ފިލްމަކީ ކެެރިއަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ޖަންނަތު" އާއި "ޖަންނަތު 2" ގެ ޑައިރެކްޓަރު ކުނާލް ދޭޝްމުކް ޑައިރެކްޓް ކުރާ ފިލްމަކަށެވެ. އެ ދެ މީހުން އެކުގައި އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ 2014 ގައި ރިލީޒްކުރި "ރާ ނަޓްވަރްލާލް" ގަ އެވެ.

އެ ފިލްމަކީ އިމްރާނާއި "ސަން އޮފް ސަރްދާރް" ގެ ޕްރޮޑިއުސަރު އެންއާރް ޕަޗީސިއާ ޕްރޮޑިއުސް ކުރާ އަދި ވަކި ނަމެއް ދީފައި ނުވާ ފިލްމެކެވެ. ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ލިޔުންތެރިޔާ ޝްރީދާރް ރަގަވަން އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ ބަތަލާ އާއި ފިލްމްގެ ނަމާއި ފިލްމް ރިލީޒްކުރާ ތާރީހު ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

އަދި އާ ފިލްމްވެގެން ދާނީ ކުނާލް ކުރިން ގެނެސް ދިން ފިލްމްތަކާ ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދާ ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ވެސް ތަފާތު ފިލްމަކަށް މީތި ވެގެން ދާނެ ކަމުގެ ޔަގީން ދެން،" ކުނާލް ބުންޏެވެ.