މޯލްޑިވިއަންގެ ވޭން އެއް ފުރޮޅާލައިފި
މޯލްޑިވިއަންގެ ވޭން އެއް ފުރޮޅާލައިފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވޭން އެއް ހުޅުލޭގައި ދުއްވާފައިދަނިކޮށް ފުރޮޅާލައި މިރޭ ގެއްލުންތަކެއް ލިބިއްޖެ އެވެ.

މޯލްޑިވިއަންގެ ވޭން އެއް ފުރޮޅާލައިފި
މޯލްޑިވިއަންގެ ވޭން އެއް ފުރޮޅާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ކައިރިއަށް މި ރޭ 10:05 ގައި އެވޭން ފުރޮޅާލިއިރު ވޭންގައި އިނީ ޑުރައިވަރު އެކަންޏެވެ. އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެނގުނު ގޮތުގައި އެވޭން ފުރޮޅާލީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.

ފުރޮޅާލާފައިވާ ވޭންގެ ފަހަތު ބިއްލޫރިގަނޑު ތެޅިފައިވާއިރު ވޭންގެ ކުރީ ހެޑްލައިޓް ނެއްޓި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

އެ ހާދިސާއާ ގުޅޭގޮތުން މޯލްޑިވިއަންގެ ބަހެއް އަދިވަނީ ލިބޭގޮތްނުވެފަ އެވެ.