ރެޑްވޭވުން "ޑަންކެން ހައިންސް" ބްރޭންޑްގެ ކޭކު ފުށް ވިއްކަނީ
ރެޑްވޭވުން "ޑަންކެން ހައިންސް" ބްރޭންޑްގެ ކޭކު ފުށް ވިއްކަނީ

އެމެރިކާގެ މަޝްހޫރު "ޑަންކެން ހައިންސް" ބްރޭންޑްގެ ކޭކު ފުށް، ރޯދަމަހާ ދިމާކޮށް ރެޑްވޭވުން ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފަ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ސީދާ އެމެރިކާއިން ގެންނަ މި ކޭކު ފުށަކީ، އެމެރިކާގެ ގާތްގަނޑަކަށް 80 ޕަސެންޓް ރެސްޓޯރަންޓްތަކުގައި ބޭނުންކުރާ އުފެއްދުމެއް ކަމަށެވެ.

"މި ކޭކުފުށުގެ 70 ވައްތަރު ހިމެނޭ. އޭގެ ތެރޭގައި ކަޕްކޭކް ވެސް ހިމެނޭ. މިއީ ރޯދައަށް މިފަހަރު ގެނައި ހާއްސަ ކޭކު ފުށެއް،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އަލަށް ގެނެސް ވިއްކާ ކޭކު ފުށަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ރޯދަމަހަށް ބޭނުންވާ ވަރަށް ގިނަ ބާވަތްތައް އެތެރެކޮށް މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވުގެ ހުރިހާ ފިހާރަތަކުން ދަނީ ވިއްކަމުންނެވެ. މީގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ އިތުރުން ފިޔާ، އަލުވި، ބިސް އަދި ފިނިކުރި ކުކުޅުމަހާއި އެނޫން ވެސް ވަރަށް ގިނަ ކާބޯތަކެތި ހެޔޮ އަގުގައި އެ ފިހާރައިން ލިބެން އެބަހުއްޓެވެ.