23 މެއި 2018 - 08:15

ވަންޕްލަސް ފޯނުތައް އަވަހަށް ޗާޖުކުރަން ބޭނުންކުރާ ޓެކްނޮލޮޖީ އަށް، އެ ކުންފުނިން ކިޔައި އުޅުނީ "ޑޭޝް ޗާޖް" އެވެ. "ކުއިކް ޗާޖް"، "ރެޕިޑް ޗާޖް" އަދި "ފާސްޓް ޗާޖް" އަކީ ވެސް ބެޓެރީ ޗާޖުކުރުން އަވަސްކޮށްދޭ ޓެކްނޮލޮޖީ އެވެ. ނަމަވެސް، މި ޓެކްނޮލޮޖީތަކުގައި ފަރަގު ބޮޑު ތަފާތުތަކެއް އެބަ ހުއްޓެވެ.
ޑޭޝް ޗާޖަކީ ވަންޕްލަސް އަށް ޚާއްސަ ވިޔަފާރި މާކެއް ގޮތުގައި ރެޖިސްޓްރީކުރަން ކުރި މަސައްކަތްތައް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެ ނަން ރެޖިސްޓްރީ ކުރުމަށްޓަކައި ޔޫރަޕިއަން ޔޫނިއަނަށް ހުށަހަޅައިގެން އުޅޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. ވަ އެ ނަންންޕްލަސް އަށް ނުލިބިގެން އުޅޭ ސަބަބު އާންމުވާ ވަރު ވީ އަދި ކިރިޔާ އެވެ. އެ ނަމާ ވަރަށް ގާތް ނަންތަކެއް އެހެން ކުންފުނިތަކަކުން ބޭނުންކުރާތީ އެވެ.
އެމެރިކާގައި ހިންގާ ކުންފުންޏެއް ކަމަށް ވާ "ބްރޭގީ"އިން "ބްލޫޓޫތު އިއާބަޑް"ތަކެއް ވިއްކަ އެވެ. އެ ކުންފުނިން އެ އަށް ކިޔަނީ "ޑޭޝް ޕްރޮ" އެވެ.
އެމެޒޯން އިން ދޭ ޚިދުމަތެއް ގޮތުގައި "ޑޭޝް ރިޕްލޭސްމަންޓް ސާވިސް" އެއް ހިންގަ އެވެ. މިއީ އެމެޒޯން ސްޓޮކުން މުދާ މަދުވެއްޖެ ހާލަތެއްގައި، ޑިމާންޑަށް ބަލައި ޚިދުމަތްދިނުމަށް ބޭނުންކުރާ ނަމެކެވެ.
ވަންޕްލަސް އަށް "ޑޭޝް ޗާޖް" ނަމުގައި ވިޔަފާރި ނަމެއް ލިބޭނެހެން ހިއެއް ނުވެ އެވެ. އެ ނަން ލިބޭތޯ ގިނަ މަސައްކަތްތަކެއް ކުރަން އެ ކުންފުންޏަކުން ނުވެސް އުޅެ އެވެ. އޭގެ ބަދަލުގައި މިހާރު ފެންނަނީ ޑޭޝް ޗާޖް، ފާސްޓް ޗާޖް އަށް ބަދަލުކުރާ ތަނެވެ.
ވަންޕްލަސް ވެބްސައިޓްގައި ކުރިން "ޑޭޝް ޗާޖް ޕަވާ ބަންޑްލް" ލިޔެފައި އޮތް ތަންތަނުގައި މިހާރު އޮތީ "ފާސްޓް ޗާޖް ޕަވާ ބަންޑްލް" އެވެ. ވަންޕްލަސް 6 ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވެސް ޑޭޝް ޗާޖްގެ ވާހަކައެއް ނުދައްކަ އެވެ. ބެލެވޭ ގޮތުގައި ވަންޕްލަސް މުޅިން ފާސްޓް ޗާޖް އަށް ބަދަލުކުރަނީ އެވެ. އެހެނެއް ކަމަކު، ފޯނުގެ ބެޓެރީ އަވަހަށް ޗާޖްކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.