ގަލޮޅު ގެއެއްގެ ކޮޓަރީގައި ރޯވެ އަނދައިފި
ގަލޮޅު ގެއެއްގެ ކޮޓަރީގައި ރޯވެ އަނދައިފި

މާލޭގެ ގެއެއްގެ ކޮޓަރީގައި ރޯވެ މިރޭ އަނދައިފި އެވެ.

ގަލޮޅު ގެއެއްގެ ކޮޓަރީގައި ރޯވެ އަނދައިފި
ގަލޮޅު ގެއެއްގެ ކޮޓަރީގައި ރޯވެ އަނދައިފި

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެނދީ ގ. އަބާސާ ނަމަކަށް ކިޔާ ގޭގެ ކޮޓަރިއެއްގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މި ހާދިސާގައި އެނދީ އެގޭގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްގަ އެވެ. އެނގިފައިވާ ގޮތުގައި މީހުން ދިރިއުޅެމުން އަންނަ އެ ކޮޓަރީގައި ރޯވީ ކަރަންޓު ޝޯޓެއްވެގެންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޮޓަރީގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިރޭ އިރާކޮޅެވެ. އެމްއެންޑީއެފުން ކުރި މަސައްކަތުން ގާތްގަނޑަކަށް ތިރީސް މިނިޓެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު، ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.