އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމުގެ ކުރިން އެކްޓިވިސްޓުން ހައްޔަރު ކުރަނީ
އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމުގެ ކުރިން އެކްޓިވިސްޓުން ހައްޔަރު ކުރަނީ

ރިޔާޒް (މެއި 20) - ސައުދީ އަރަބިއާގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމުގެ ކުރިން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި އެވެ.

މިހާތަނަށް ހަތް އެކްޓިވިސްޓުން ހައްޔަރު ކޮށްފައިވާ ކަމަށްވެ އެވެ. އަންހެން އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހިއުމަން ރައިޓްސް ވޮޗުން ބުނީ އެއީ އަންހެނުންގެ އަަޑު ކަނޑުވާލަން ސައުދީ ހިންގާ ހަރަކާތެއް ކަމަށެވެ. މި މަހު 15 ވަނަ ދުވަހު ހައްޔަރު ކުރި ހަތް އަންހެނުންނަކީ ވެސް އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުމާ ދެކޮޅަށް އަޑު އުފުލާފައިވާ އެކްޓިވިސްޓުންނެވެ.

ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ އަންނަ މަހު 24 ވަނަ ދުވަހު އެވެ.

ސައުދީ ވަލީ އަހުދުގެ މަގަމާށް 32 އަހަރުގެ މުހައްމަދު ބިން ސަލްމާން ވަޑައިގަތުމަށް ފަހު އަންހެނުންނަށް ވަނީ ގިނަ ދޫތައް ދޭން ފަށައިފަ އެވެ. މި ގޮތުން އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމުގެ ހުއްދަ ވެސް މިހާރު ވަނީ ދީފަ އެވެ.