މި ވެސް މިހާރު "އަނގޮޓި" އަޅާ ގޮތެއް
މި ވެސް މިހާރު "އަނގޮޓި" އަޅާ ގޮތެއް

އިނގިލީގައި އަނގޮޓި އަޅާ ގޮތް ވެސް މިހާރު މި އަންނަނީ ބަދަލުވަމުންނެވެ. އަނގޮޓީއަކީ އިނގިލީގައި އަޅުވާ އެއްޗަކަށް ވިޔަސް، އަނގޮޓީގައި އިންނަ އެސް އިނގިލީގައި "އިންދުމުގެ" ޓްރެންޑެއް ވެސް ވަނީ ވައިގައި ހިފައިފަ އެވެ.

އެކަމަކު މި ފަހަރު އަދި މާ ތަފާތު ގޮތެކެވެ. އަނގޮޓިއެއް މިހާރު ބޭނުމެއް ވެސް ނުވާނެ އެވެ. ކައިވެނި ކުރާ ޖޯޑުތައް ނުވަތަ ލޯބިވެރިން މިހާރު "އަނގޮޓި އަޅަނީ" ޓެޓޫއަކުންނެވެ. މިއީ ހަރަދު ކުޑަ ގޮތަކަށް ވެސް ވެދާނެ އެވެ. ރަނާއި ރިއްސާއި ޕްލެޓިނަމް ކަހަލަ އަގުހުރި މައުދަންތަކެއް މި ވައްތަރު އަނގޮޓިއަކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވާނެ އެވެ.

އަނގޮޓީ އަޅަން ބޭނުންވާ އިނގިލީގެ ބޭނުން ތަނެއްގައި، ބޭނުން ޑިޒައިނަކަށް މިހާރު ޓެޓޫއެއް ޖަހައިލުމުން އެ ހުރީ އަނގޮޓި އެޅުވިފަ އެވެ.

އިސްޓަގްރާމްގައި މިހާރު އަންނަނީ ޓެޓޫ އަނގޮޓި ވަރަށް ބޮޑަށް މަޝްހޫރުވަމުންނެވެ.

މިއީ މާ ފައްކާ ގޮތެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ އިސްޓަގްރާމްގައި ހިއްސާކުރާ ފޮޓޯތަކަށް ކޮމެންޓް ވެސް ކުރަމުންނެވެ.