ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި
ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ރަންވޭ ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ދެއްވައިފި އެވެ.

ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި
ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

ހުޅުލޭގައި އޮންނަ ސީ ޕްލޭންގެ ވޯޓާ ރަންވޭ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ބިން ހިއްކުން ފެއްޓެވުމުގެ ގޮތުން ރައީސް ރިމޯޓަށް ފިއްތަވާލެއްވުމުން ޑްރެޖަރުން ވެލި ފޮނުވަން ފެށި އެވެ.

ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި
ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އަޅާ ރަންވޭގެ ބިން ހިއްކުމުގެ އިތުރުން ފިއުލް ފާމްއަކާއި ކާގޯ ފެސިލީޓީއެއް ހަދަން ބޭނުންވާ ބިން ވެސް ހިއްކާނެ ކަމަށެވެ.

ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި
ހުޅުލޭ ރަންވޭ އަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

"ރަންވޭ ނިމޭއިރު އެއަށް ބޭނުންވާ ނެވިގޭޝަން އިކުއިޕްމަންޓްތައް ވެސް ގެނެވޭ. އަޅުގަނޑުމެން މިކަން މިކުރަނީ ވަރަށް ފަރުވާތެރިކަމާއެކު ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. މިހެން މިދަންނަވަން ޖެހެނީ އަޅުގަނޑުމެން މިކަން ކުރަމުންދާއިރު، މި އެއާޕޯޓަކީ 24 ގަޑިއިރު އޮޕަރޭޝަނަލް އެއާޕޯޓެއް. އަދި މި ބިން ހިއްކަނީ ސީޕްލޭންގެ އޮޕަރޭޝަނަލް ޓާމިނަލް ސަރަހައްދުގައި ކަމަށްވެފައި، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއެކު ޕްލޭންކޮށްގެން މިކުރަނީ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިން ހިއްކަމުންދާއިރު އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެންދާނެ ކަމަށެވެ.

"62 ހެކްޓަރު ހިއްކައިގެން އަޅުގަނޑުމެން މި ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ. މި ބިން ހިއްކުމަކީ މި ޕްރޮޖެކްޓްގެ ވަރަށް ބޮޑު ކޮމްޕޯނެންޓެއްގެ ގޮތުގައި ހިމެނިގެން ކުރިޔަށްގެންދާ ކަމެއް،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ރަންވޭގެ އެހެން މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އެ ދެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓްގެ ދެވަނަ ރަންވޭ ތަރައްގީކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ.

އާ ރަންވޭ އަޅަން ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ން ބިން ހިއްކަން ވަނީ ޑްރެޖެއް ގެނެސްފަ އެވެ. އަދި އެ ޕްރޮޖެކްޓަށް އިތުރު ޑްރެޖަރެއް ގެންނަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އާ ރަންވޭ ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ބިން ހިއްކުމަށްފަހު ބައެއް ސަރަހައްދުތައް ޝީޓްޕައިލްކޮށް އަދި އެއްގަމު ތޮށިލާން ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށް މިގެންދަނީ ދެ ބަޔަކަށް ބަހާލައިގެން. އެއް ބަޔަކީ ދެވަނަ ރަންވޭ އާއި ކާގޯ ކޮމްޕްލެކްސް އަދި ފިއުލް ފާމް ހެދުން ހެދުން. އަނެއް ބަޔަކީ އާ ޓާމިނަލް ހެދުން. މި ދެބައި ކުރިޔަށް ގެންދަނީ އެކު އެކީގައި،" ސައީދު ވިދާޅުވި އެވެ.