20 މެއި 2018 - 08:10

ބޭނުންވާ ތަކެތި:
އެއް މޭޒުމަތީ ސަމުސާ ވެޖިޓަބްލް އޮއިލް
ތިން ޖޯޑު ބަތް
60 ގްރާމް ފިޔާ (ކުދިކޮށް ކޮށާފައި)
ދެ ސައިސަމުސާ ދިރި
50 ގްރާމް ވައިޓް އޮނިއަން
45 ގްރާމް ގާލިކް (ގާނާފައި)
ބައި ސަމުސާ ފޮނިތޮށި (މުގާރާފައި)
ބައި ޖޯޑު ފްރޯޒެން ގްރީން ޕީސް
15 ގްރާމް ރާނބާފަތް
ލޮނު، އަސޭމިރުސް (ރަހަލާ ވަރަށް)
އޮއިސްޓަ ސޯސް
ޑާކް ސޯޔަ ސޯސް
ގްރީން ޕީސް (ފިނިކަން ކަނޑުވާފައި)
ބައި މޭޒުމަތީ ސަމުސާ ތެޔޮ ތަވައެއްގައި ހޫނުކުރުން.
ރަނގަޅަށް ހޫނުވުމުން، ފިޔާ އަދި ރާނބާފަތް އަޅައި މޯޅިކުރުން.
ލޮނުމެދާއި ދިރި އަޅައި، މުށި ކުލަ އަންނަންދެން ހަނާކުރުން.
ގްރީން ޕީސް އެޅުމަށް ފަހު މަޑުގިނީގައި އެއް މިނިޓް ވަންދެން ކެއްކުން.
ބަތާއި ފޮނިތޮށި އަޅައި ރަނގަޅަށް އެއްކޮށްލުން.
ލޮނާއި އަސޭމިރުސް އަޅައި ރަހަ ހެޔޮވަރު ކުރުން.
މި އަހަރުގެ ރޯދަ މަހު "މިހާރު" ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހްގެ ރެސިޕީތަކެވެ. އޭނާ އަކީ ކެއްކުމުގެ ދާއިރާގައި 30 އަހަރު ހޭދަކޮށް، އަދި ޕެރެޑައިސްގެ އިތުރުން ވެސް ރާއްޖޭގެ ބޮޑެތި އެހެން ރިސޯޓުތަކުގައި ރަހަ ހެޔޮވަރު ކުރުމަށް މަސައްކަތް ކޮށްފައިވާ ޝެފެކެވެ. ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ، ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ފުރަމުންދާ އިސްހާގަކީ ކެއްކުމުގައި ބައިނަލްއަގްވާމީ ފަނޑިޔާރެއް ވެސް މެ އެވެ. އަދި ރާއްޖޭގެ ސީނިއާ ޝެފެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ.
މި ރޯދަ މަހުގައި ރެސިޕީތައް "މިހާރު" އިން މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި ޝެފް އިސްހާގްގެ އެހީތެރިކަމާ އެކު އެވެ.