19 މެއި 2018 - 08:32

އޮމެގާ 3 އެކުލެވޭ މަހުގެ ބާވަތްތައް، މަދުވެގެން ހަފުތާއަކު ދެ ދުވަހު ކާ ނަމަ ހިތަށް ދިމާވާ ތަފާތު މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކާގެ ހާވަޑް ޓީއެޗް ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތުން ހެދި ދިރާގާސައި ބުނެފައިވާ ގޮތުގައި އޮމެގާ 3 އެކުލެވޭ މަހުގެ ބާވަތްތައް ކެއުމުން ހާޓްއެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުން ފަދަ ސިއްހީ ބޮޑެތި މައްސަލަތަކުން ދުރުކޮށްދެ އެވެ.
އޮމެގާ 3 އެކުލެވޭ މަހުގެ މަހުގެ ބާވަތްތަކުގެ ތެރޭގައި ސޭމަން، ސާޑިންސް، މެކެރެލް އަދި އަލްބެލޯ ކަޅުބިލަ މަސް ހިމެނެ އެވެ.
"އެއްގަމު މަހުގެ ބާވަތްތަކަށް ވުރެ ކަނޑު މަހާއި ފަރުމަހުގެ ބާވަތްކުގެ ފައިދާ ބޮޑު. އެފަދަ މަހުގައި އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑަކީ ސިއްހީ ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެއް،" ދިރާސާ ޓީމްގައި ހިމެނޭ ޕްރޮފެސަރު އެރިކް ބީ ރިމް ވިދާޅުވި އެވެ.
އެހެންވެ މަހުގެ ބާވަތްތައް، މަދުވެގެން ހަފުތާއަކު ދެ ދުވަހު ކާން އެމެރިކަން ހާޓް އެސޯސިއޭޝަނުން ވެސް އިރުޝާދު އެވެ.