އުރީދޫގެ މޮބައިލް މަނީ ބޭނުން ކުރެވޭ ހަ ކުންފުނި ހަމަޖައްސައިފި
އުރީދޫގެ މޮބައިލް މަނީ ބޭނުން ކުރެވޭ ހަ ކުންފުނި ހަމަޖައްސައިފި

އުރީދޫ މޮބައިލް މަނީ މެދުވެރިކޮށް ފައިސާ ދެއްކޭ ހަ ކުންފުންޏެއް ހަމަޖައްސައިފި އެވެ.

އުރީދޫގެ މޮބައިލް މަނީ ބޭނުން ކުރެވޭ ހަ ކުންފުނި ހަމަޖައްސައިފި
އުރީދޫގެ މޮބައިލް މަނީ ބޭނުން ކުރެވޭ ހަ ކުންފުނި ހަމަޖައްސައިފި

އުރީދޫގެ މޮބައިލް މަނީ، "އެމް-ފައިސާ" މެދުވެރިކޮށް، ފޯނު ބޭނުން ކޮށްގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައި ވަނީ ސްޓެލްކޯ އާއި އެސްޓީއޯ އާއި އާރުއޯއެލް އާއި މީޑިއާނެޓާއި ފުޑްހަބް އަދި ޝްވެކް ސިނަމާ އަށެވެ.

އުރީދޫން އެމް-ފައިސާ ކެމްޕޭނު ލޯންޗު ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ އޭގެ ތެރެއިން އާރުއޯއެލް އަދި މީޑިއާނެޓަށް އެމް-ފައިސާ މެދުވެރިކޮށް މިހާރު ވެސް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ހުރި ކުންފުނިތަކަށް ވެސް ފައިސާ ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމް-ފައިސާ ތައާރަފް ކުރުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ފަސޭހަ، ރައްކާތެރި އަދި އަގުހެޔޮ ހިދުމަތެއް ކަސްޓަމަރުންނަށް ލިބޭނެ،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރު ގައުމުތަކަށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތާ އެކު، އެމް-ފައިސާ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ އެމް-ފައިސާ ބޭނުންކުރާ މީހުންނަށް ހާއްސަ އޮފާތަކެއް ވެސް ތައާރަފް ކޮށްފަ އެވެ. އެ ގޮތުން، އެމް-ފައިސާ މެދުވެރިކޮށް ޕްރިޕެއިޑް ރިޗާޖު ކޮށްގެން 25 ޕަސެންޓު ބޯނަސް އަދި ފޯނު ބިލު ދައްކައިގެން އަންނަ މަހުގެ ބިލުން ފަސް ޕަސެންޓް ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ވާޗުއަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ފަސޭހަކަމާ އެކީ ކުރެވޭނެ ނިޒާމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އުރީދޫގެ ފިހާރަތަކާއި އެ ނޫން ވެސް ތަންތަން ހިމެނޭ ގޮތަށް ޖުމްލަ 300 އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނަގައި ޖަމާ ކުރެވޭނެެ އެވެ. މި ހިދުމަތް 180 ރަށުން މިހާރު ލިބެ އެވެ.

މި ހިދުމަތް މެދުވެރިކޮށް، ރަށްރަށުގައި ދިރިއުޅޭ ގާތް މީހުންނަށް ވެސް ފައިސާ ފޮނުވެ އެވެ. އަދި އަތުގައި ފައިސާ ގެންގުޅެން ނުޖެހި އޮންލައިން ވިޔަފާރިތަކާއި ޑެލިވަރީ ހިދުމަތުގެ އިތުރުން، ކެފޭ އަދި ރެސްޓޯރަންޓުތަކަށް ފައިސާ ދެއްކެ އެވެ.