17 މެއި 2018 - 13:19

ޓޯކިޔޯ (މެއި 17) - ފަންސަވީސް ސިކުންތު ކުރިން ރޭލް ނައްޓާލެވުނީތީ ޖަޕާނުގެ ރޭލް ކުންފުންޏަކުން މައާފަށް އެދިއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ވެސް ވަނީ ޖަޕާނުގެ ރޭލެއް 20 ސިކުންތު ކުރިން ނައްޓާލެވުމުން މައާފަށް އެދިފަ އެވެ.
ޖަޕާން ޓުޑޭ ނޫހުން ބުނީ ނޮޓޮގަވާ ސްޓޭޝަނުން މިދިޔަ ހުކުރު ދުވަހު ރޭލް ނައްޓާލަން ހަމަޖެހިފައި ވަނީ 7:12 ގައި ކަމަށެވެ. ނަމަވެސް 25 ސިކުންތު ކުރިން ރޭލް ކޮންޑަކްޓާ ރޭލް ނައްޓާލީ ސްޓޭޝަނުން އެއްވެސް ޕަސިންޖަރެއް ފެންނަން ނެތުމުންނެވެ. އެކަމަކު ޕަސިންޖަރަކު ރޭލް އޮޕަރޭޓަރަކަށް ޝަކުވާ ކުރުމުން ރަސްމީކޮށް ވަނީ މައާފަށް އެދިފަ އެވެ.
ޖަޕާނުގެ ރޭލްވޭ އަކީ ގަޑިއަށް ފުރުމުގައި ނަމޫނާ ބައެކެވެ. ނޮވެމްބަރު މަހު ހިނގި ހާދިސާގައި ޓޯކިޔޯ އާއި ސުކޫބާއާ ދެމެދު ދަތުރު ކުރާ ސުކޫބާ އެކްސްޕްރެސް ރޭލުން ވެސް ވަނީ މައާފަށް އެދިފަ އެވެ.