18 މެއި 2018 - 08:15

ދުވަހުގެ ފެށުމަކަށް ގިނަ ބަޔަކު އިޚުތިޔާރުކުރަނީ ކޮފީތައްޓެކެވެ. މިހާރަކަށް އައިސް ކޮފީތަށި ގިރަން ސަމުސަލުގެ ބަދަލުގައި ބޭނުންކުރާ ދަނޑިކޮޅުކޮޅާއި ޕްލާސްޓިކް ދަނޑި ހުރެއެވެ.
މިއީ ދޮންނަން ނުޖެހި، ބޭނުންކުރުމަށް ފަހު ވަގުތުން އެއްލައިލެވޭ ގޮތަށް ހުންނަ އެއްޗެކެވެ. ދޮންނަން ނުޖެހޭތީ ހަށްޓަށް ލުއިވިޔަސް މިއީ ތިމާވެއްޓަށް އޮތް ބުރައެކެވެ. ބުނެވޭ ގޮތުގައި ދުވާލަކު މީގެ 400 މިލިއަނެއްހާ ދަނޑިކޮޅު ކުނީގެ ގޮތުގައި އުކާލަ އެވެ. ސްޓާކްލްއަކީ މިކަމަށް އޮތް ހައްލެކެވެ.
ބެޓެރީއެއް ބޭނުންނުވާ، ކަރަންޓަށް ވެސް ޖަހަން ނުޖެހޭ ސްޓާކްލްއަކީ ކޮފީތަށި ގިރައިދޭ އުނބުގަނޑެކެވެ. އޭގެ ޒާތުގައިވެސް ބިއްލޫރި ތަށިފަޅިއެއްހެން ހުންނަ ސްޓާކަލް ފަރުމާކޮށްފައި ވަނީ ހުރިހާ ބާވަތެއްގެ ކޮފީތަށި ވެސް ބަހައްޓާލެވޭ ގޮތަށެވެ. ކޮފީތަށި މީގެ ތެރޭގައި ބަހައްޓާއިރަށް ތަށި އެނބުރިގަނެއެވެ. މި އުނބުގަނޑުގައިވާ ސެންސަރުތަކުގެ އެހީގައި، ތައްޓެއް ބެހެއްޓިކަމުގެ އިހުސާސް ކުރުވުމުން ސްޓާކަލް، އޭގެ މަސައްކަތް ފަށައެވެ. ދަނޑިކޮޅަކުން ކޮފީތަށި ގިރައިދޭ ވަރަށް ވުރެ މީރުކޮށް، މާ ފުރިހަމައަށް މި އުނބުގަނޑުގައި ބެހެއްޓުމުން ކޮފީ ގިރައިދެއެވެ.
ސްޓާކަލްގެ ބޭނުމަކީ ހަކުރާއި ކިރާއި ކޮފީ އާއި ކްރީމް ވެސް އަޅައިގެން ކޮފީތަށި ފުރިހަމައަށް ގިރައިދިނުމެވެ. މީގައި ތަށި ބެހެއްޓުމުން އޭގެ އަމިއްލަ ޒާތުގައި އެނބުރެން ފަށައެވެ. ދެކޮޅަށް އެނބުރި، ކޮޅަކަށް ބުރެއް ހަމަވާއިރު ކޮފީ ހުންނަނީ ގިރިފައެވެ.