ފޯނު ޗާޖަރު ތަޅުދަނޑި ފުލުގައި
ފޯނު ޗާޖަރު ތަޅުދަނޑި ފުލުގައި

ދާކޮންމެ ތަނަކަށް ޗާޖަރު ގެންދިއުމަކީ ބައެއް މީހުން ވަރަށް ފަރުވާތެރިކަމާ އެކު ކުރާ ކަމެކެވެ. އެކަމަކު އަނެއް ބަޔަކަށް އެއީ އިތުރު ބުރައެކެވެ. ދުނިޔެއާ ގުޅުން ކެނޑެން ބޭނުން ނެތިއްޔާ ޗާޖަރު ވެސް އުފުލަންޖެހެއެވެ." ޗާޖަރީޓޯ" އަކީ މިކަމަށްޓަކައި އުފެއްދި އެންމެ ކުޑަ ޗާޖަރެވެ.

ޗާޖަރީޓޯ އުފައްދާފައިވަނީ ތަޅުދަނޑިފުލުގައި ލެވޭހައި ކުޑަކޮށެވެ. ބަރެއް ވެސް ނޫނެވެ. ކަރަންޓު ސޮކެޓަށްޖަހާ ފައިކަށިތައް ހުންނަނީ ޗާޖަރީޓޯގެ ތެރެއަށްލާ ނިވާކުރެވޭ ގޮތަށެވެ. ތަޅުދަނޑިފުލުގައި އޮންނައިރު ޗާޖަރެއް ހެން ހީ ވެސް ނުވާނެއެވެ. ބޭނުންކުރަންވީމަ ފައިކަށިތައް ހުޅުވާލާ، ކަރަންޓު ސޮކެޓަށް ޖަހާލަންވީއެވެ.

ޗާޖަރީޓޯ އަކީ ފާރުގައި ހުންނަ ސޮކެޓަށް ޖަހަން ފަރުމާކޮށްފައިވާ ޗާޖަރެކެވެ. ފޯނު ޗާޖުކުރަންވުމުން ފައިކަށިތައް ހުޅުވާފަ ސޮކެޓަށް ޖަހާލާނީއެވެ. އަދި މީގެ މަތީގައި ފޯނު ކޮޅަށް ހުންނާނީ ބޭރަށް ސްކްރީން ފެންނަ ގޮތަށެވެ. ޗާޖުވަމުންދާއިރު ވެސް ފޯނަށް އަންނަ މެސެޖުތައް ބަރާބަރަށް ބެލޭނެއެވެ.