ފޯނުން ޖާގަ ހުސްވަނީތަ؟
ފޯނުން ޖާގަ ހުސްވަނީތަ؟

ސްމާޓްފޯނުގެ ޖާގަ މާ އަވަހަށް ފުރޭ ނަމަ އޮތް އެންމެ ކުރު މަގަކީ ޖާގަ ބޮޑު ފޯނެއް ހޯދުމެވެ. މިއީ އެކަމަކު އެންމެ ޚަރަދު ކުޑަ ގޮތެއް ނޫނެވެ. ސްމާޓްފޯނެއް ސްޓައިލްގައި ބޭނުންކުރުމަށް އެންމެ ފައްކާ ހައްލަކީ، ކުރަން އުޅޭ ބޭނުމަކަށް އެންމެ ކަމުދާ ފޯނެއް ހޯދުމެވެ.

ސްމާޓްފޯން މާކެޓްގައި ހުރި ފޯނުތަކަށް ބަލާއިރު، ޖާގަ ކުޑަވެގެން ދޫކޮށްލެން ނެތް ވަރަށް ފޯނުގެ ޖާގަ ބޮޑު ފޯނުތައް އެބަ ހުއްޓެވެ. މި ގޮތުން ވެސް އެންމެ ގިނަ އިޚްތިޔާރު ލިބެން ހުރީ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށެވެ. އައިފޯން ބޭނުންކުރާ މީހުންނަށް އެ ތަނަވަސްކަމެއް ނެތެވެ. އައިފޯނުގައި ނެތް ޖާގައެއް އިތުރުކުރެވޭ ގިނަ ގޮތްތަކެއް ނެތެވެ.

އައިފޯނަށް ލޯބިކުރާ މީހުންގެ ތެރެއިން، ފަޔަށް ހިނިއަރާތީ އުޅޭ މީހުންނަށް އޮތް ހައްލަކީ ޖާގަ ބޮޑު އައިފޯނެއް ގަތުމެވެ. އެ ނޫން ގޮތެއްގައި ދެން އޮތް ހައްލަކީ ކްލައުޑް ސްޓޯރޭޖަކުން ޖާގައެއް ހޯދުމެވެ. މިއީ އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ވެސް އޮތް އިޚުތިޔާރެކެވެ. މައިކްރޮ އެސްޑީ ކާޑެއް ބޭނުންކޮށްގެން ފޯނުގެ ޖާގަ އިތުރުކުރުމަށް އޮތް ފުރުސަތުގެ ބޭނުންހިފޭނީ، މައިކްރޮ އެސްޑީ ކާޑް ސަޕޯޓްކުރާ ފޯނުތަކަށެވެ.

އެކަށީގެން ނުވާ އަވަސް މިނުގައި ފޯނުގެ ޖާގަ ފުރޭ ނަމަ، ގޫގުލް ޑްރައިވް ބޭނުންކުރާށެވެ. ޑްރޮޕް ބޮކްސް އަދި އައިކްލައުޑް ގައި ވެސް ފައިލްތައް ބެހެއްޓިދާނެ އެވެ. އެކަމަކު އައިކްލައުޑް އަކީ އެންޑްރޮއިޑް ފޯނުތަކަށް ބޭނުންހިފޭ ޚިދުމަތެއް ނޫނެވެ.

ސްމާޓްފޯނެއް ގެންގުޅެން ބޭނުން ނަމަ، އެ ފޯނަކުން ކުރަން އެދޭ ބޭނުންތަކަށް ހުރި ހައްލުތަކަށް އަހުލުވެރިވުން ވަރަށް މުހިންމެވެ. ކޮންމެ މީހެއްގެ ޖީބުގައި ފޯނެއް އޮންނައިރު، އެވެނި ކަމެއް އަދި މިވެނި ކަމެއް ކުރެވޭނެ ގޮތަކާ ބެހެ ގޮތުން އެކުވެރިއެއް ކުރެން އަހާލުމުން ވެސް، ފޯނު އުފެއްދި މީހުންނަށް ވުރެ މޮޅު ހައްލުތައް ކިޔައިދެ އެވެ.

ކްލައުޑް ސްޓޯރޭޖްތަކުން ހިލޭ ލިބޭ ޖާގަ އަށް ނުތަކާހާ ގިނަ ފައިލަތައް ހުރި ނަމަ ދެން ޖެހޭނީ ޖާގަ ގަންނާށެވެ. ކްލައުޑް ސްޓޯރޭޖްތަކުން ޖާގަ ވިއްކާ ކުންފުނިތަކަށް ބަލާއިރު، އަގުގައި ބޮޑު ފަރަގެއް ނެތެވެ. ފޯނުން ޖާގަ ހުސްކުރަން އެދޭ ނަމަ، ގޫގުލް ޑްރައިވް، ޑްރޮޕްބޮކްސް އަދި އައިކްލައުޑް ފަދަ ޚިދުމަތެއް ހޯދާށެވެ. އަދި މޮބައިލް އެޕްލިކޭޝަން ބޭނުންކޮށް ފައިލްތައް ކްލައުޑަށް ފޮނުވާލުމަށް ފަހު، ފޯނު ހުސްކޮށްލާށެވެ.