16 މެއި 2018 - 15:01

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކްގެ ދަރުހެއް މިރޭ އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
"މުސްލިމް ޒުވާނުންނަށް މެސެޖެއް" ގެ ނަމުގައި ދެއްވާ ދަރުހަށް މެންކް މިއަދު މެންދުރު ވަނީ އައްޑު އަށް ވަޑައިގެންފަ އެވެ. މީގެ ކުރިން ވެސް ރާއްޖޭގައި ދީނީ ދަރުސްތައް ދެއްވާފައިވާ މުފްތީ މެންކްގެ އައްޑޫ ދަރުސް ބާއްވަނީ ހިތަދޫ ނޫރާނީ ސްކޫލްގަ އެވެ.
އެ ދަރުސް ފަށަން ހަމަޖެހިފައި ވަނީ މިރޭ 9:15 ގަ އެވެ.
މުފްތީގެ ދަރުސް އައްޑޫގައި އިންތިޒާމުކޮށްފައި ވަނީ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ރަބީޢުލްޣުލޫބް ފައުންޑޭޝަން އަދި ޖަމިއްޔަތުލް ޢުލޫމުންނެވެ.