17 މެއި 2018 - 08:27

އިންޑިއާ މީހަކު އޭނާގެ އަންހެނުންގެ ނަމުގެ މާނަ އަހަން އެތައް ބަޔަކު ފޯނު ކުރާތީ އުނދަގޫ ބޮޑުވެ، އެކަން އެންމެ ފަހުން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކައިވެނިކުރި، ކެރެލާގައި ދިރިއުޅޭ ވިބީޝް ޓީޓީ ބުނި ގޮތުގައި އޭނާގެ އަންހެނުންގެ ނަމުގެ މާނަ އަހަން އެތައް ސަތޭކަ ކޯލެއް އައިސް، ދިރިއުޅުމަށް ބުރޫ އަރުވައިލީ އަންހެނުންނަަށް ކިޔާ ނަން ވެސް ތަފާތުވެގެންނެވެ. ވިބީޝްގެ އަންހެނުންގެ ނަމަކީ ދިޔަންނޫރަންނަގިތީ އެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ އަށް ދައުވަތު ލިބުނު މީހުން ބުނި ގޮތުގައި އެންމެ ބޮޑު މައްސަލައަކަށްވީ އެ ނަން ކިޔަން ވެސް ނޭނގުމެވެ.
އަންހެނުގެ ނަމުގެ މާނަ ހޯދަން ވިބީޝް އަށް އޮބި ނޯންނަ ވަރަށް ފޯލް ކޯލްތައް ލިބެން ފެށީ ކައިވެނީގެ ދައުވަތު ކާޑުގެ ފޮޓޯއެއް އާއިލާ މީހުންގެ ތެރޭގައި ހަދާފައި އޮންނަ ވަޓްސްއެޕް ގްރޫޕެއްގެ ތެރެއިން ލީކްވެގެންނެނެވެ. ކާޑުގައި ވިބީޝް އާއި އޭނާގެ ބައްޕަގެ ފޯނު ނަންބަރު ވެސް ޖަހާފައި އިނެވެ.
އެހެންވެ އެ ކާޑު ދައުރުވާން ފެށުމުން އޭގައި އިން ނަމްބަރުތަތަކަށް ގުޅައި އެތައް ބަޔަކު އަންހެނުންގެ ނަމުގެ މާނަ އަހަން ފެށީ އެވެ.
ދަ ނިއުސް މިނިޓް އިން ވިބީޝްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ އަންހެނުންނަށް އާދަޔާހިލާފު ނަމެއް ކިޔާފައި ވަނީ އަންހެނުންގެ ބައްޕައަކީ ވަރަށް ބޮޑަށް އަދަބިއްޔާތަށް ލޯބި ކުރާ މީހަކަށްވާތީ ތަފާތު ދިގު ނަމެއް ކިއުމުގެ ގޮތުންނެވެ.
"އެކަމަކު މިކަމަކާ ހެދި މިހާރު އާންމު އުނދަގުލަކަށްވެއްޖެ. އެ ނަމުގެ މާނަ އަހަން އިންޑިއާގެ އެކި ހިސާބުތަކުން އަހަންނަށް އެބަ ގުޅާ،" ވިބީޝް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރަން ޖެހުނީ ގުޅާ ބައެއް މީހުން އެންމެ ފަހުން އޭނާއާ ދިމާއަށް އަވަގުރާނަ ވެސް ގޮވާތީ އެވެ.