އަނިޔާގައި ހުރި ނޭމާ ގައުމީ ޓީމުގައި ހިމަނައިފި
އަނިޔާގައި ހުރި ނޭމާ ގައުމީ ޓީމުގައި ހިމަނައިފި

ސައޮ ޕައޮލޯ، ބްރެޒިލް (މެއި 15) - ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަނިޔާގައި ހުރި ނަމަވެސް އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްދާ ބްރެޒިލްގެ ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ލިސްޓުގައި ހިމަނައިފި އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ރެނދުލީ މިދިޔަ މާޗް މަހުގައި ފްރެންޗް ލީގުގެ މެޗެއްގެ ތެރެއިންނެވެ. ނޭމާގެ ފަޔަށް ލިބުނު އަނިޔާއިން ވީ އެންމެ އަވަހަކަށް ރަނގަޅުކުރަން އޭނާގެ ސާޖަރީ ބްރެޒިލްގައި ކުރީ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. ރިޕޯތްތައް ބުނާގޮތުގައި ވޯލްޑް ކަޕް ކުރިން ނޭމާ ފިޓްވާނެ އެވެ.

މި ފަހަރުގެ ޓީމުން ބާކީވި ކުޅުންތެރިޔަކީ ދާދި ފަހުން ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުނު ޕީއެސްޖީގެ ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް އެވެ.

ބްރެޒިލް ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑެސަން މޮރާއެސް އާއި އެ ޓީމުގެ ފެނާންޑީނިއޯ އާއި ޑެނީލޯ އަދި ގަބްރިއެލް ޖީސޫސް ހިމެނެ އެވެ. ދެން ޕްރިމިއާ ލީގުން ބްރެޒިލް ޓީމަށް ނެގީ ލިވަޕޫލުގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަދި ޗެލްސީގެ ވިލިއަން އެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް އޮތީ ސްވިޒަލެންޑާއި ކޮސްޓަ ރިކާ އަދި ސާބިއާއާ އެއް ގްރޫޕެއްގަ އެވެ. ވޯލްޑް ކަޕްގެ ކުރިން ބްރެޒިލުން އެކުވެރި ކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ނިންމައިފަ އެެވެ. އެއީ ޖޫން 3 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް އިންގްލެންޑުގައި ކުޅޭ މެޗާއި ޖޫން 10 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ވިއޭނާގައި ކުޅޭ މެޗެވެ.

ގޯލްކީޕަރުން: އެޑަސަން (މެންޗެސްޓާ ސިޓީ)، އެލިސަން ބެކާ (ރޯމާ)، ކެސިއޯ (ކޮރިންތިއަންސް)

ޑިފެންޑަރުން: ޑެނީލޯ (މެންޗެސްޓާ ސިޓީ)، ފެގްނާ (ކޮރިންތިއަންސް)، މާސެލޯ (ރެއާލް މެޑްރިޑް)، ފިިލިޕޭ ލުއިޒް (އެތުލެޓިކޯ މެޑްރިޑް)، ތިއާގޯ ސިލްވާ (ޕީއެސްޖީ)، މާކުއީނިއޯސް (ޕީއެސްޖީ)، މިރަންޑާ (އިންޓަ) ޕެޑްރޯ ގެރޯމެލް (ގްރެމިއޯ)

މިޑްފީލްޑަރުން: ކަސެމީރޯ (ރެއާލް މެޑްރިޑް)، ފެނާންޑީނިއޯ (މެންޗެސްޓާ ސިޓީ)، ފިލިއްޕޭ ކުޓީނިއޯ (ބާސެލޯނާ)، ވިލިއަން (ޗެލްސީ) ފްރެޑް (ޝަހުތަރު ޑޮނެސްކް)، ރެނާޓޯ އޮގަސްޓޯ (ބެއިޖިން)، ޕައުލީނިއޯ (ބާސެލޯނާ)، ޑަގްލަސް ކޮސްޓާ (ޔުވެންޓަސް)

ފޯވާޑުން: ނޭމާ (ޕީއެސްޖީ)، ޓައިސަން (ޝަހުތަރު ޑޮނެސްކް)، ރޮބާޓޯ ފިރްމީނޯ (ލިވަޕޫލް)، ގަބްރިއެލް ޖީސޫސް