14 މެއި 2018 - 14:30

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.
މުހުތާޒުގެ ގާނޫނީ ވަކީލަކު ވިދާޅުވީ މުހުތާޒު އެޑްމިޓްކުރީ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯދުމަށްޓަކައި އިންޖެކްޝަނެއް ޖަހަން ކަމަށެވެ. މިއީ އެ އިންޖެކްޝަން ޖަހާ ތިން ވަނަ ފަހަރެވެ.
މިފަހަރު ހޮސްޕިޓަލުގައި 10 ވަރަކަށް ދުވަހު މުހުތާޒު އޮންނަވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައިބަދައިގެ މައްސަލަ ފިޔަވާ ސިއްހީ އެހެން މައްސަލައެއް މުހުތާޒުގެ ނެތެވެ.
މުހުތާޒު ހައްޔަރު ކުރުމުގެ ކުރިން ވެސް އޭނާގެ މައިބަދައިގެ މައްސަލަތަކެއް އުޅޭ ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
މުހުތާޒުގެ މައްޗަށް ޖޫން 2016 ގައި، 17 އަހަރުގެ ޖަލުހުކުމެއް ކުރީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެއްދެވި މައްސަލާގަ އެވެ.