ވާވޭގެ އެންމެ ފަހުގެ ފޯނުތައް އުރީދޫން ވިއްކަން ފަށައިފި
ވާވޭގެ އެންމެ ފަހުގެ ފޯނުތައް އުރީދޫން ވިއްކަން ފަށައިފި

ވާވޭގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ޕީ20 އަދި ޕީ20 ޕްރޯ ސީރީސްގެ ފޯނުތައް އުރީދޫން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ވާވޭގެ އެންމެ ފަހުގެ ފޯނުތައް އުރީދޫން ވިއްކަން ފަށައިފި
ވާވޭގެ އެންމެ ފަހުގެ ފޯނުތައް އުރީދޫން ވިއްކަން ފަށައިފި

ދުނިޔޭގެ ފުރަތަމަ ލެއިކާ ޓްރިޕަލް ކެމެރާ ހިމަނައިގެން ތައްޔާރުކުރި ފޯނުތަައް ރާއްޖޭގައި ވިއްކަން ފެށީ ވާވޭއާ ގުޅިގެން އުރީދޫން ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އުރީދޫން ވަނީ އެ ފޯނުތަކަށް ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފަ އެވެ.

އެ ޕެކޭޖުތައް މެދުވެރިކޮށް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އިންސްޓޯލްމަންޓަށް ވެސް ފޯނު ގަނެވޭނެ އެވެ. އިންސްޓޯލްމަންޓަށް ޕީ20 ފޯނު ގަންނަ ނަމަ ޑައުންޕޭމަންޓަށް 1،099ރ. ދެއްކުމަށް ފަހު، އެއް އަހަރުވަންދެން މަހަކު ދައްކަންޖެހޭނީ 825ރ. އެވެ. އަދި ޕީ20 ޕްރޯ ގަންނަ މީހުން މަހަކަށް ދައްކަން ޖެހޭނީ 1،075ރ. އެވެ.

އެއްފަހަރާ ފައިސާ ދެއްކުމަށް ފަހު ފޯނު ގަންނަ މީހުންނަށް ޕީ20ގެ ފޯނުތައް 11،299ރ. އަށް ލިބޭއިރު ޕީ20 ޕްރޯ ލިބޭނީ 14،299ރ. އަށެވެ.

ޕްރޮފެޝަނަލް ފެންވަރުގައި ފޮޓޯނެގޭ ގޮތަށް ވާވޭ އިން އުފެއްދި މި ފޯނުތައް އުރީދޫ އިން ގަންނަ މީހުންނަށް އެއް އަހަރުގެ މުއްދަތަކަށް، މަހަކު ތިން ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ އެވެ.