"355" ގައި އަންހެން ފަސް ޖާސޫސުން
"355" ގައި އަންހެން ފަސް ޖާސޫސުން

މާ މޮޅަށް ޖާސޫސް ކުރެވޭ މީހެއްގެ ގޮތުގައި ޖޭމްސް ބޮންޑް މަޝްހޫރުވެފައި އޮތަސް، އަންހެނުންތަކެއް މި އަންނަނީ ޖޭމްސް ބޮންޑަށް ދޫނުކުރާ ވަރުގެ އުކުޅުތަކަކާ އެވެ. ޖާސޫސީ ތުރިލާ "355" އިއުލާންކޮށް މި ފިލްމް އެމެރިކާގައި ޑިސްޓްރިބިއުޓް ކުރުމުގެ ރައިޓްސް ޔުނިވާސަލް ވިއްކައިލި އިރު، އެންމެ ގިނަ ބަޔަކު އަޅައިގަތީ ފިލްމްގެ ވަރުގަދަ އަންހެން ކާސްޓާ އެވެ.

"355" ގައި އަންހެން ފަސް ޖާސޫސުން
"355" ގައި އަންހެން ފަސް ޖާސޫސުން

"އެކްސްމެން" ގެ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ ސައިމަން ކިންބާގް 75 މިލިއަނަށް ވުރެ ބޮޑު ބަޖެޓަކުން ޑައިރެކްޓް ކުރާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޕެނޮލޮޕް ކްރޫޒް، ލުޕިއާ ނިއޮންގޯ، ޖެސިކާ ޗެސްޓެއިން، މެރިއަން ކޮޓިލާޑް އަދި ފޭން ބިންގްބިންގް އެވެ.

މިހާރު ކުރިިއަށްދާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ ތެރޭގައި "355" ގެ ރައިޓްސް ޔުނިވާސަލް އަށް ވިއްކައިލީ 20 މިލިއަން ޑޮލަރަށެވެ.

އަދި ޝޫޓިން ފަށާނެ އިރަކާއި ސިނަމާ އަށް ފިލްމް ގެންނާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "355" ގެ ސްކްރީންޕްލޭ ލިޔަނީ 2004ހައި ރިލީޒް ކުރި ފިލްމް "ކެޓްވުމަން" ގެ ވާހަކަ ލިޔުނު ތެރީޒާ ރެބެކް އެވެ. ފިލްމްގެ ވާހަކަ އެނބުރެނީ އެކި ގައުމުތަކުގެ ޖާސޫސީ އެޖެންސީތަކުގައި މަސައްކަތް ކުރާ ފަސް އަންހެނަކު އެއްވެގެން ކުރާ މަސައްކަތްތަކެއްގެ މައްޗަށެވެ.

ސައިމަން ޑައިރެކްޓް ކުރާ ފިލްމަކަށް ފުރަތަމަ ސިނަމާތަކަށް އަންނާނީ އަންނަ އަހަރު ރިލީޒް ކުރާ "ޑާކް ފީނިކްސް" އެވެ.