24 ޖުލައި 2016 - 13:07

ޕާސަނަލް ކޮމްޕިއުޓާސް އިން މިދިޔަ ރޯދަމަހު ހިންގި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި، އެ މީހުންނާ އިނާމު ހަވާލުކޮށްފި އެވެ.

ޕާސަނަލް ކޮމްޕިއުޓާސްގެ ފިހާރަތަކުގައި މެއި 20 އިން ޖުލައި ނުވަ ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި އެ ފިހާރަތަކުން 399ރ. އަށް ވުރެ މަތިން ވިޔަފާރި ކުރި މީހުންނަށް ބައިވެރި ވުމުގެ ފުރުސަތު ލިބުނެވެ.
ޕާސަނަލް ކޮމްޕިއުޓާސް އިން ބުނި ގޮތުގައި އިއްޔެ ވަނީ މި ޕްރޮމޯޝަންގެ ތިން ނަސީބުުވެރިން ހޮވައި، އެ މީހުންނަށް އިނާމުތައް ހަވާލު ކޮށްފަ އެވެ.
މި ޕްރޮމޯޝަންގައި އެއް ވަނަ އަށް ދިޔަ ނީލް ހައުސް ޝަހީން ރަޝާދަށް ލިބުނީ 50 އިންޗީގެ ހައިސެންސް ބްރޭންޑުގެ ޓީވީ އެކެވެ. އަދި ދެ ވަނަ އަށް ދިޔަ މުހައްމަދު ސިރާޖަށް މީޑިއާނެޓުގެ ޑީކޯޑަރަކާއި ހަ މަހުގެ ސަބްސްކްރިޕްޝަން ލިބުނު އިރު ތިންވަނަ އަށް ދިިޔަ ތ. ވިލުފުށި އަލީ އަހުމަދަށް ލިބުނީ ޕޯޓަބަލް ޕްރޮޖެކްޓަރެކެވެ.