13 މެއި 2018 - 06:59

ބްރެޒިލްގެ ރިޔާސީ ގަނޑުވަރުގައި އޮންނަ ކޯރަކަށް ވެއްޓުނު ކުއްތާއެއް ސަލާމަތްކުރަން އެ ގައުމުގެ ފަސްޓް ލޭޑީ މާޝެލާ ޓެމެއާ ކޯރަށް ފުންމާލެއްވުމަށް ފަހު ކޯރުން އަރައިވަޑައިނުގެންނެވިގެން އުޅުއްވި ހާދިސާއަކާ ހެދި ޖޯކު ޖަހަން ފަށައިފި އެވެ.
ނަލަ ހެދިގެން ހުންނެވި ވަގުތެއްގައި، ހަމަ އެ ހުންނެވި ގޮތަށް ކޯރަށް ފުންމާލެއްވި، އުމުރުން 34 އަހަރުގެ މާޝެލާ އަކީ ކުރީގެ ރީތީގެ ރާނީއެކެވެ. ކޯރަށް ފުންމާލެއްވި ހާދިސާ ހިނގީ އޭޕްރީލް މަހުގެ 22 ގައި ނަމަވެސް މިކަން އާންމުންނަށް އެނގުނީ އިހަށްދުވަހު އެވެ.
ބްރެެޒިލްގެ މީޑިއާއަށް މިކަން ތިލަވުމުން މާޝެލާ އަކީ "ބަތަލާއެއް" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޖޯކު ޖަހަން ފެށީ އެވެ. މިޝެލްގެ ފިރިކަލުން ފިރިކަލުން ޓެމެއާ އަކީ ބްރެޒިލްގެ އެންމެ ތާއީދު ކުޑަ ރައީސް ކަމަށް ވުމުން އަނބިކަނބަލުންގެ މި "ޑްރާމާ" ވަރަށް ބޮޑަށް ސިޔާސީކޮށްލި އެވެ.
ފަސްޓް ލޭޑީ އަށް ޖޯކު ޖަހަމުން، އިދިކޮޅު ސިޔާސީ ފިކުރުގެ ބްލޮގަރެއް ކަމަށްވާ ލިއެނާޑޯ ސްޓޮޕާ ލިޔެފައި ވަނީ މާޝެލާ އަސްލު މަގްސަދަކީ ކުއްތާ ސަލާމަތްކުރުން ނޫން ކަމަށާއި އަސްދޫނިތަކެއް ސަލާމަތްކުރުން ކަމަށެވެ. އަދި އެ އުޅުއްވީ ވޯޓު ދޭން ތިބި މަދު މީހުންގެ ތެރެއިން ބަޔަކު ގެއްލިދާނެތީ އެ މީހުން ސަލާމަތްކުރަން ކަމަށް ވެސް ބުނެފައިވެ އެވެ.
މާޝެލާ އަށް ވުރެ 40 އަހަރު ދޮށީ، ރައީސް ޓެމެއާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.