14 މެއި 2018 - 07:32

ކުއްލި ގޮތަކަށް 2016 ވަނަ އަހަރު މަރުވި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕްރިންސްގެ އަލްބަމެއް އަންނަ ސެޕްޓެމްބަރު މަހު ރިލީޒް ކުރަން ނިންމައިފައި ވަނިކޮށް އޭނާގެ އާ އަލްބަމެއް އަންނަ އަހަރު ވެސް ގެނެސް ދޭނެކަން އިއުލާންކޮށްފި އެވެ.
ސެޕްޓެމްބަރު ރިލީޒްކުރާ އަލްބަކީ ޕްރިންސްގެ ދަ ޕްރިންސް އެސްޓޭޓް އިން ވާނާ ބްރަދާޒްގެ ލޭބަލްގެ ދަށުން ނެރޭ އަލްބަމެކެވެ. މި އަލްބަމްގައި ހިމެނެނީ މީގެ ކުރިން ޕްރިންސް ކިޔާފައިވާ ލަވަތަކުގެ ތެރެއިން ރިލީޒް ނުކޮށް ހުރ ލަވަތެކެވެ.
މި އަލްބަމްގެ އިންތިޒާރުގައި އެތަައް ބަޔަކު ތިއްބައި އަންނަ އަހަރު ނެރެން ނިންމާފައިވާ އަލްބަމަކީ ވެސް ހަމަ ޕްރިންސްގެ މުޅިން އާ ލަވަތަކެއް އިވިގެން ދާނެ ކަމަށް އަލްބަމެއް ވަނީ ބުނެފަ އެވެ.
މި އަލްބަމް ނެރެނީ ޕްރިންސް އެސްޓޭޓް އާއި މިއުޒިކް ސްޓްރީމް ކުރާ ޓައިޑަލް ގުޅިގެންނެވެ. އެސްޓޭޓްގެ އެޑްވައިޒަރު ޓްރޯއި ކާޓާ ވެރައިޓީ އަށް ބުނި ގޮތުގައި ޓައިޑަލްއާ ގުޅިގެން ނެރޭ އަލްބަމްގެ ލަވަތައް ދެ ހަފުތާއެއް ވަންދެން ސްޓްރީމް ކުރުމަށް ފަހު، އޭގެ ހަފުތާއެއް ފަހުން ޑައުންލޯޑް ކުރެވޭ އިންތިޒާމު ވެސް ހަމަޖަހިގެން ދާނެ އެވެ.
ޓައިޑަލްއާ އެކު ޕްރިންސް ވަނީ ކުރިން ވެސް އެއްބަސްވުމެއްގެ ދަށުން މަސައްކަތްތަކެއްކޮށްފަ އެވެ. އެކަމަކު 1996 ގެ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ފަހުން 2015 ގައި ޓައިޑަލް އާ އެކު "ހިޓް އެންރަން ފޭސް ވަން" އާއި "ފޭސް ޓޫ" އަލްބަމް ގެނެސް ދީފައިވެ އެވެ.
ޓްރޯއި ބުނި ގޮތުގައި ޓައިޑަލްއާ ގުޅިގެން މި ފަހަރު ގެނެސްދޭ ލަވަތަކަކީ 1996 ގެ ފަހުން ޕްރިންސް ރެކޯޑްކޮށްފައިވާ ލަވަތަކުގެ ތެރެއިން ލަވަތަކެއް ހިމެނޭބެ އަލްބަމެކެވެ.
އަށް ގްރެމީ އާއި އޮސްކާ އަދި ގޯލްޑެން ގްލޯބް އެވޯޑް ވެސް ހާސިލްކޮށްފައިވާ ޕްރިންސް، 57، މަރުވުމުގެ ފަހުން، ކުރިން ވެސް ދެ އަލްބަމެއް ރިލީޒްކޮށްފައިވެ އެވެ. އެއީ އޭނާގެ ހިޓް ލަވަތަކުގެ ކަލެކްޝަންތަކެއްގެ ގޮތުގައި ގެނެސް ދިން ޕާޕަލް ރެއިން ޑިލަކްސް އެންޑް ޑިލަކްސް އެކްސްޕޭންޑެޑް (2017) އާއި 2016 ގައި ނެރުނު "4އެވާ" އެވެ.
ސެޕްޓެމްބަރު މަހު ނެރޭ އަލްބަމްވެގެން ދާނީ ޕްރިންސްގެ 40 ވަނަ އަލްބަމަށެވެ.