އެމްއައިބީން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި
އެމްއައިބީން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ގިނަގުނަ ފަސޭހަތަކާއެކު ކަސްޓަމަރުންނަށް މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

އެމްއައިބީން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި
އެމްއައިބީން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކްގެ މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރެވެ.

"ފައިސާ މޮބައިލް"ގެ ނަމުގައި އެމްއައިބީން ތައާރަފްކުރި އެޕްލިކޭޝަން ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެކައުންޓް ބެލެންސާއި އެކައުންޓު ބޭނުންކުރެވިފައިވާ ގޮތް ބަލައި އަދި އެއް ކަސްޓަމަރު އަނެއް ކަސްޓަމަރަށް ފައިސާ ފޮނުވުމާއި އެހެން ބޭންކެއްގެ ކަސްޓަމަރަކަށް ވެސް ފައިސާ ފޮނުވެ އެވެ. އޭގެ އިތުރުން ބޭންކަށް ގުޅުމާއި މެސެޖް ކުރުމުގެ ހިދުމަތް ވެސް ލިބެންހުރެ އެވެ.

އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށް ޕިން ނަންބަރެއް ނުވަތަ ފިންގަ ޕްރިންޓް ވެސް ބޭނުންކުރެވެ އެވެ. އަދި ފައިސާ ފޮނުވުމުގެ ކުރިން ދެ ގޮތަކަށް ސައްހަކަން ޔަގީންކުރަން ޖެހެ އެވެ. އޭގެ އިތުރުން އެ އެޕްލިކޭޝަންގައި ހިމެނޭ ހާއްސަ ސިފަތަކުގެ ތެރޭގައި އެކައުންޓްގެ ޗެކް ފޮތުގެ ސްޓޭޓަސް ބެލުމާއި ޗެކްތަކުގެ ތަފުސީލް ބެލުން އަދި ޗެކް ކްލިއާވޭތޯ ވެސް ބެލެ އެވެ. އަދި ޗެކެއް ގެއްލުމުން އެ ޗެކް ކްލިއާވިޔަނުދީ ހުއްޓުވައި އަދި ރިޕޯޓު ވެސް ކުރެވޭނެ ގޮތް އެ އެޕްލިކޭޝަންގައި ހުރެ އެވެ.

އެމްއައިބީގެ މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވެ އެވެ.

ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކުން މޮބައިލް އެޕްލިކޭޝަންގެ އިތުރުން އިންޓަނެޓް ބޭންކިން އާއި ޕޭމަންޓް ގޭޓްވޭގެ ހިދުމަތާއި އޭޓީއެމް އަދި ޕީއޯއެސްގެ ހިދުމަތް ވެސް ދެމުންގެންދެ އެވެ.