މެލޭޝިއާގެ އިއްޒަތް އަނބުރާ ލިބޭނީ ސަރުކާރު ބަދަލުކޮށްގެން: މަހާތިރު
މެލޭޝިއާގެ އިއްޒަތް އަނބުރާ ލިބޭނީ ސަރުކާރު ބަދަލުކޮށްގެން: މަހާތިރު

ކުއާލަ ލަމްޕޫރު (މެއި 9) - މެލޭޝިއާގެ ގެއްލިފައިވާ އިއްޒަތާއި ޝަރަފު އަނބުރާ ލިބެން އޮތީ ނަޖީބު ރައްޒާގުގެ ސަރުކާރު ބަދަލުކޮށްގެން ކަމަށް ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ އިއްޒަތް އަނބުރާ ލިބޭނީ ސަރުކާރު ބަދަލުކޮށްގެން: މަހާތިރު
މެލޭޝިއާގެ އިއްޒަތް އަނބުރާ ލިބޭނީ ސަރުކާރު ބަދަލުކޮށްގެން: މަހާތިރު

"ނަޖީބާއި ބަރިސަން ނޭސަނަލް ބަލިކޮށްލަން ޖެހޭ. ސަބަބަކީ މުޅި ގައުމު މި ވަނީ ހަލާކުކޮށްލާފައި ކަމަށްވާތީ،" ވޯޓުލާން މިއަދު ފެށުމުގެ ކުރިން ރައްޔިތުންނަށް ކުރި އެންމެ ފަހުގެ އިލްތިމާސްގައި މަހާތިރު ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުކޮށްފައިވާ ބޮޑު ވަޒީރު ނަޖީބު ވެސް ވަނީ އިންތިޚާބު ވެއްޖެ ނަމަ އާ ކަންތައްތައް ތައާރަފް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި 26 އަހަރުން ދަށުގެ މީހުންގެ އަތުން އާމްދަނީގެ ޓެކްސް ނުނެގުމާއި ސަރުކާރު ބަންދު އިތުރު ދެ ދުވަސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ބަރިސާން ނޭސަނަލް އަކީ ކުރިމަގަށް ބަލާ ޕާޓީއެއް. އެއީ މާޒީގެ ޕާޓީއެއް ނޫން. ރިޓަޔާކޮށްފައިވާ ލީޑަރުންނަކާ މި ޕާޓީން ނުކުޅޭނެ،" ނަޖީބު ވިދާޅުވި އެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ އިންތިޚާބު ނަޖީބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ވޯޓުލުން ކުރިއަށް ދާއިރު ބައެއް ފަރާތްތަކުން ދަނީ އިންތިޚާބު އިންސާފުވެރި ނުވުމުގެ ޝަކުވާ ކުރަމުންނެވެ. މިއަދުގެ އިންތިޚާބުގައި ޕާލަމެންޓުގެ 222 ގޮނޑިއަށް މެންބަރުން ހޮވުމުގެ އިތުރުން 13 ސްޓޭޓުގެ ތެރޭން 12 ސްޓޭޓުގެ އެސެމްބްލީ މެމްބަރުން ވެސް އިންތިޚާބު ކުރާނެ އެވެ. މެލޭޝިއާގައި އަމަލު ކުރާ ގޮތުން އިންތިޚާބު ކާމިޔާބު ކުރާނީ ޕޮޕިއުލާ ވޯޓު ގިނައިން ހޯދި ނަމަވެސް ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއެކެވެ.