"ބައިކް ޓު ވޯކް ޑޭ" ފާހަގަ ކޮށްފި
"ބައިކް ޓު ވޯކް ޑޭ" ފާހަގަ ކޮށްފި

ބައިކް މޯލްޑިވްސް އިން ދިރާގާ ގުޅިގެން ބައިސްކަލުގައި އޮފީހަށް ދިއުމުގެ ދުވަސް (ބައިކް ޓު ވޯކް ޑޭ) މިއަދު ފާހަގަ ކޮށްފި އެވެ.

"ބައިކް ޓު ވޯކް ޑޭ" ފާހަގަ ކޮށްފި
"ބައިކް ޓު ވޯކް ޑޭ" ފާހަގަ ކޮށްފި

ބައިކް ޓު ވޯކް ޑޭ ފާހަގަ ކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ޚާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފަ އެވެ.

"ބައިކް ޓު ވޯކް ޑޭ" ފާހަގަ ކޮށްފި
"ބައިކް ޓު ވޯކް ޑޭ" ފާހަގަ ކޮށްފި

އެ ރަސްމިއްޔާތުގައި ބައިކް މޯލްޑިވްސްގެ ފައުންޑާ އަހުމަދު ހަސަން ދީދީ ވަނީ ރާއްޖޭގައި ބައިސްކަލު ދުއްވުމުގެ އާދަ ކުރިއަރުވަން އެ ޖަމިއްޔާ އިން ކުރާ މަސައްކަތްތަކަށް ދިރާގުން ދެމުން އަންނަ އެހީތަކަށް ޝުކުރު އަދާކޮށްފަ އެވެ.

އެ ޖަމިއްޔާ އުފެއްދީ މައިގަނޑު ތިން އަމާޒަކާ އެކު ކަމަށާއި އެއީ ތިމާވެށި ރައްކާތެރިކޮށްް، އިންޖީނު އުޅަނދުތައް މަދުކޮށް، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޖީނުލީ އެއްޗެހިން ތިމާވެއްޓަށް މިކުރާ ނޭދެވޭ އަސަރު ކުޑަކޮށް، އޭގެއިން އެ ބޭރުކުރާ ގޭސްތައް މަދުކުރުމާއި މީހުން ހޭލުންތެރި ކުރުމާއެކު މަގުތަކަކީ އަމާން ތަނަކަށް ހެދުން،" ބައިކް މޯލްޑިވްސްގެ ގިނަ މެމްބަރުންތަކެއް ބައިވެރިވި ރަސްމިއްޔާތުގައި އަހުމަދު ވިދާޅުވި އެވެ.

ރާއްޖޭގައި ބައިސްކަލް ދުއްވުމުގެ އާދަ ޕްރޮމޯޓް ކުރުމަށް ބައިކް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިރާގުން މިއަދު އެ ޖަމިއްޔާ އަށް ވަނީ ހަދާނީ ފިލައެއް ވެސް ދީފަ އެވެ.

ބައިކް މޯލްޑިވްސް އިން ކުރަމުން ގެންދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ. އެގޮތުން ރާއްޖެ ފަދަ ގައުމަކަށް މިފަދަ ތިމާވެއްޓާ ރައްޓެހި އާދަތައް ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް މުހިންމު މިމާވެއްޓާ ގުޅުންހުރި ހަރަކާތްތައް... ދިރާގު ވާނެ އެއް ކުންފުންޏަކުން އެންމެ ގިނައިން ސޯލާ ޕެނަލް ބޭނުންކުރާ ކުންފުންޏަކަށް ވެސް،" އިސްމާއިލް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަ ކުރާ ބައިކް ޓު ވޯކް ޑޭއާ ގުޅިގެން މިއަދު އޭނާ ވެސް އޮފީހަށް ވަޑައިގެންނެވީ ބައިސްކަލުގައި ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ މުވައްޒަފުން ބައިސްކަލް ދުއްވަން ބާރު އެޅުމުގެ ގޮތުން، ބައިސްކަލުގައި މަސައްކަތަށް އަންނަ މުވައްޒަފުންގެ ބައިސްކަލްތައް ރައްކާތެރިކަމާ އެކު ޕާކު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.