08 މެއި 2018 - 19:12

އުރީދޫގެ ހައި ސްޕީޑް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ބ. އޭދަފުއްޓަށް މިއަދު ތައާރަފް ކޮށްފި އެވެ.
ފުޅާ ދާއިރާއެއްގައި ޓެލެކޮމް ޚިދުމަތްދޭ ކުންފުނިން ބުނީ، ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އޭދަފުށިން އުރީދޫ ސުޕަނެޓްގެ ޚިދުމަތް ނަގާ މީހުންނަށް އެއް އަހަރު ދުވަހަށް، މަހު ފީން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ރަށުން ސުޕަނެޓްގެ ޚިދުމަތް ނަގާ މީހުންގެ އަތުން އެކްޓިވޭޝަން ފީ އާއި ޑިޕޮސިޓެއް ވެސް ނުނަގާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ހަލުވި ސްޕީޑް އިންޓަނެޓްގެ ޚިދުމަތާ އެކު، އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދެވޭ. މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވި އެވެ.
ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ، ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެ އެވެ. އަދި އެ ޚިދުމަތާއި އެކު، އޭދަފުށީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އޭދަފުއްޓަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ އޭދަފުށި ކޭބަލް ނެޓްވާކް އެވެ.