އިންޑިއާ ރޭޕް: ދެވަނަ ކުއްޖެއްގެ ގައިގައި ވެސް އަލިފާން ޖަހައިފި
އިންޑިއާ ރޭޕް: ދެވަނަ ކުއްޖެއްގެ ގައިގައި ވެސް އަލިފާން ޖަހައިފި

ޖަރުކަންދު (މެއި 8) - އިންޑިއާގެ އިރުމަތީގެ ޖަރުކަންދު ސްޓޭޓުގައި ދެ ވަނަ ކުއްޖަކު ރޭޕް ކުރުމަށް ފަހު އެ ކުއްޖާ ގައިގައި އަލިފާން ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިންޑިއާ ރޭޕް: ދެވަނަ ކުއްޖެއްގެ ގައިގައި ވެސް އަލިފާން ޖަހައިފި
އިންޑިއާ ރޭޕް: ދެވަނަ ކުއްޖެއްގެ ގައިގައި ވެސް އަލިފާން ޖަހައިފި

މި ހާދިސާ ހިންގާފައި ވަނީ ޖަރުކަންދުގައި 16 އަހަރު ކުއްޖަކު ރޭޕްކުރި ގޭންގެއްގެ ޝަކުވާ އެ ކުއްޖާގެ މައިންބަފައިން ކުރުމުން ގޭންގު މީހުން ގޮސް އެ ކުއްޖާގެ ގައިގައި އަލިފާން ޖަހާ މަރާލާފައި ވަނިކޮށެވެ. އެ ކުއްޖާގެ ގައިގައި އަލިފާން ޖެހުމުގައި އުޅުނު 18 މީހުންގެ ތެރޭން 15 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މި ދެ ހާދިސާގެ ގުޅުމެއްވާކަން އަދި ނޭނގޭ ކަމަށެވެ. އެންމެ ފަހުން އަލިފާން ޖެހި 17 އަހަރު ކުއްޖާގެ ހަށިގަނޑުގެ 95 ޕަސެންޓް ވަނީ ފިހިފަ އެވެ. އެ ކުއްޖާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

"އަންހެން ކުއްޖާ ގައިގައި އަލިފާން ޖެހުމުގައި އިސްކޮށް އުޅުނު މީހާ ބުނަނީ އޭނާ ބޭނުންވީ އެ ކުއްޖާއާ ކައިވެނި ކުރަން ކަމަށް. އެކަމަކު އެ ކުއްޖާ ދެކޮޅު ހެދީ ކަމަށް އޭނާ ބުނޭ،" ޖަރުކަންދުގެ ޕޮލިސް އޮފިސަރެއް ކަމަށްވާ ޝައިލެންދުރަ ބަރްންވާލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މީހާ އިންތިޒާރު ކުރަމުން ދިޔައީ އެ ކުއްޖާ ގޭގައި އެކަނިވާނެ ވަގުތަކަށް ކަމަށެވެ. ގެއިން މީހުން ހުސްވި ދަނޑިވަޅު ބަލާ އެ ގެއަށް އެ މީހާ ވަދެ ކުއްޖާ ރޭޕްކުރުމަށް ފަހު އަލިފާން ރޯކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

ކުއްޖާގެ ރުއިމުގެ އަޑު އަވަށްޓެރިންނަށް އިވުމުން އެ މީހުން ގޮސްވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އިންޑިއާގައި ރޭޕުގެ ހާދިސާތައް އިތުރުވަމުންދާތީ ކެބިނެޓުން މިހާރު ވަނީ ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ތައާރަފް ކުރަން ނިންމައިފަ އެވެ. އިންޑިއާގައި 2016 ވަނަ އަހަރު ވަނީ ރޭޕުގެ 40،000 މައްސަލަ ރިޕޯޓްކޮށްފަ އެވެ.