މައިކް ޓައިޒަންގެ ކޯޗްގެ ރޯލަށް ބުރޫސް ވިލިސް
މައިކް ޓައިޒަންގެ ކޯޗްގެ ރޯލަށް ބުރޫސް ވިލިސް

އެމެރިކާގައި އުފެދުނު އެންމެ ވަރުގަދަ އެއް ބޮކްސިން ތެޅުންތެރިޔާ މައިކް ޓައިޒަންގެ ވާހަކަ ކިޔައިދޭ ފިލްމް "ކޯނަމޭން" ގެ މުހިއްމު ރޯލަކަށް މަޝްހޫރު އެކްޓަރު ބުރޫސް ވިލިސް ސޮއިކޮށްފި އެވެ.

މައިކް ޓައިޒަންގެ ކޯޗްގެ ރޯލަށް ބުރޫސް ވިލިސް
މައިކް ޓައިޒަންގެ ކޯޗްގެ ރޯލަށް ބުރޫސް ވިލިސް

ސެޕްޓެމްބަރު މަހު ޝޫޓިން ފަށާ ފިލްމްގައި "ޑައި ހާޑް" ފިލްމްތަކުގެ އެކްޓަރު ފެނިގެން ދާނީ ޓައިޒަންގެ ޓްރޭނަރު ކުސް ޑިއެމާޓޯގެ ރޯލުންނެވެ. އޭނާއަކީ ޓައިޒަން މީހަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކެކެވެ. "ކޯނަމޭން" ގައި ޓައިޒަން އުމުރުން އެންމެ 13 އަހަރުން ފެށިގެން ބޮކްސިންގެ ތެރެއަށް ނުކުމެ އެ ކުޅިވަރުގައި 1980 ގެ އަހަރުތަކުގައި އޭނާ ޗެމްޕިއަނަކަށް ބަދަލުވެގެން ދިޔަ ގޮތް ދައްކުވައި ދޭނެ އެވެ.

އެކަމަކު ފިލްމްގައި ޓައިޒަންގެ ރޯލް ކުޅޭނެ އެކްޓަރަކު އަދި އިއުލާނެއް ނުކުރެ އެވެ.

"ކޯނަމޭން" ޑައިރެކްޓް ކުރަނީ "ހޯމްލޭންޑް" ފަދަ ޓީވީ ސިލްސިލާތަކާއި "ދި ޔަންގް ވިކްޓޯރިއާ" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު ރުޕަޓް ފްރެންޑެވެ. މި ފިލްމްވެގެން ދާނީ އޭނާގެ އަލަތު ޑައިރެކްޝަނަށެވެ.

ރުޕަޓް ބުނީ "ކޯނަމޭން" އަކީ ހުވަފެނެއް ހަގީގަތަކަށް ހަދަން ކުރާ މަސައްކަތްތަކެއްގެ ލާމަސީލު ނަމޫނާއެއް ދައްކުވައި ދޭނެ ފިލްމެއް ކަމަށެވެ. އަދި ޓައިޒަންގެ ވާހަކަ ބޮޑު ސްކްރީންގައި ކިޔައި ދޭން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުންޏެވެ.

"މީގައި ޓައިޒަން އާއި އޭނާގެ ކޯޗާ އޮތް ވަރުގަދަ ގުޅުން ވަރަށް ބޮޑަށް ފެނިގެން ދާނެ،" ރުޕަޓް ބުންޏެވެ.

މިހާރު އުމުރުން 51 އަހަރުގެ ޓައިޒަން ވަނީ 1985 އިން ފެށިގެން 2005 އާ ހަމައަށް ބޮކްސިންގެ ތެރޭގައި އުޅެފަ އެވެ. އޭނާއަކީ ހެވީ-ވެއިޓްގައި ދުނިޔޭގެ ޗެމްޕިއަނެކެވެ.