07 މެއި 2018 - 17:18

އުރީދޫ އިން މިދިޔަ މާޗް މަހު ތައާރަފް ކުރި އެ ކުންފުނީގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކުން ކަސްޓަމަރުންނަށް ލިބޭ ފައިދާތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
އުރީދޫގެ މެނޭޖާ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް މިއަދު ވިދާޅުވީ އެ ކުންފުނީގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަކީ ރާއްޖޭގައި ދެވޭ މިފަދަ އެންމެ ފުރިހަމަ ޕެކޭޖުތައް ކަމަށެވެ. އެގޮތުން، އެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމަންޓަށް ލިބުމާއި ލައިފް އިންޝުއަރެންސްގެ އިތުރުން ރާއްޖޭގެ މަޝްހޫރު އައުޓްލެޓްތަކާއި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުރީދޫން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ޚިދުމަތް ބޭނުން ކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް. އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް،" ދިޔާނާ ވިދާޅުވި އެވެ.
އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކްލަބް ޕްރިމިއާ މެދުވެރިކޮށް ވެސް ވަރަށް ޚާއްސަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެ ޚިދުމަތްތަކަކީ:
- ލައިފް އިންޝުއަރެންސް: މިއީ އުރީދޫން މި މަހުގެ ތެރޭގައި މުޅިން އަލަށް ފަށަން ތައްޔާރު ވަމުން އަންނަ ޚިދުމަތެކެވެ. އުރީދޫން ބުނީ މި ޚިދުމަތް ތައާރަފް ކުރުމަށް އެލައިޑް އިންޝުއަރެންސާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
- ޕްރައޯރިޓީ ޕާސް މެމްބާޝިޕް: މި ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވާ 1،000 އަށް ވުރެ ގިނަ އެއާޕޯޓު ލައުޖުތަކުން ހިލޭ ޚިދުމަތް ލިބޭނެ އެވެ.
- އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް ޚިދުމަތް ދޭ ކްލަބް ޕްރިމިއާ ލައުންޖު ބޭނުން ކުރެވޭނެ އެވެ.
- ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިނެއްގެ ޚިދުމަތް ލިބޭނެ އެވެ.
- އުރީދޫގެ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުން ޚާއްސަ އޮފާތައް ލިބޭނެ އެވެ.
ފުޅާ ދާއިރާއެއްގައި ޓެލެކޮމްގެ ޚިދުމަތް ދޭ ކުންފުނިން ބުނިގޮތުގައި މި ކެމްޕޭނުގެ ތެރެއިން ޕޯސްޓްޕެއިޑް ޕެކޭޖުތަކާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު ހަރަކާތްތައް ހިންގާނެ އެވެ.
އުރީދޫ ޕޯސްޕެއިޑް ކަސްޓަމަރުންނަށް ރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ ނެޓްވޯކަށް އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާވެސް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.