07 މެއި 2018 - 14:06

މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑޮލްގެ ޖަޖު އިސްމާއިލް އައްފާން ގެ އާ އަލްބަމް "ގެނބެންދެން" މިރޭ ރިލީޒްކުރާނެ އެވެ.
އެ އަލްބަމް ރިލީޒްކުރާނީ މިރޭ އޮލިމްޕަހުގައި ބާއްވާ ހާއްސަ ޝޯއެއްގަ އެވެ. މިރޭ ނުވައެއް ޖަހާއިރު ޝޯ ފެށުމާ ހަމައަށް ޓިކެޓު ގަންނަން ލިބޭނެ އެވެ. ޓިކެޓެއްގެ އަގު 440ރ. އަށް އުޅޭއިރު އޮލިމްޕަހުން ޓިކެޓް ގަނެވޭނެ އިންތިޒާމް އަންނަނީ ހަމަޖައްސަމުންނެވެ. މިހާރު ޓިކެޓް ލިބެން ހުންނާނީ ސީ ހައުސް ކެފޭ، އެލްޕް ކެފޭ، މެރާކީ، ސިވިލް ކޮފީ ސޮސައިޓީ، ޖޭޒް ކެފޭ އަދި މޯޑަސް އޮޕެރަންޑީ ކޮފީންނެވެ.
މިރޭގެ ޝޯގައި އަލްބަމް ރިލީޒް ކުރުމަށްފަހު އެ ލަވަތައް ޕާފޯމްކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ އިތުރުން ވެސް އައްފާންގެ ގިނަ ލަވަތަކެއް ޕާފޯމްކުރާނެ އެވެ. އައްފާނާ އެކު މިރޭގެ ޝޯގައި އައިސޯމް، އަދުހަމް، އައްޑޮ، އުމަރު، އިއްބެ، ޝިފާޒް، ޗިއްޕެ، ނަހޫ، އަޔާޒް، ނިޝް، އަންޔާ އަދި ޝަމްބޭ ޕާފޯމްކުރާނެ އެވެ.
މި އަލްބަމްގައި ނުވަ ލަވަ ހިމެނޭނެ އެވެ. އެ ލަވަތައް ހުންނާނީ ދިރިއުޅުމާ ގުޅޭ ގޮތަށެވެ. ލަވައިގެ ލިރިކްސް އާއި ކޮމްޕޯސްކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ އައްފާނެވެ.