އަންހެން ކުއްޖަކު ރޭޕްކޮށް އަންދާލި ގޭންގުގެ އިސް މީހާ ހައްޔަރުކޮށްފި
އަންހެން ކުއްޖަކު ރޭޕްކޮށް އަންދާލި ގޭންގުގެ އިސް މީހާ ހައްޔަރުކޮށްފި

ޖަރުކަންދު (މެއި 7) - އިންޑިއާގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އަދި އެ މައްސަލަ ޖެއްސުމުން އެ އަންހެން ކުއްޖާ ދިރިހުއްޓާ އަންދާލި ގޭންގުގެ އިސް މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަންހެން ކުއްޖަކު ރޭޕްކޮށް އަންދާލި ގޭންގުގެ އިސް މީހާ ހައްޔަރުކޮށްފި
އަންހެން ކުއްޖަކު ރޭޕްކޮށް އަންދާލި ގޭންގުގެ އިސް މީހާ ހައްޔަރުކޮށްފި

ޖަރުކަންދު ސްޓޭޓުގައި އަންހެން ކުއްޖާގެ ގައިގައި މިދިޔަ ހުކުރު ދުވަހު އަލިފާން ޖެހުމުގައި އެންމެ އިސްކޮށް އުޅުނީ ދާނޫ ބުއިޔަން ކިޔާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަންހެން ކުއްޖާ މަރާލީ އެ ކުއްޖާގެ މައިންބަފައިން ރޭޕުގެ ޝަކުވާ އަވަށުގެ އިސް ފަރާތްކަށް ހުށަހެޅުމުންނެވެ. އަވަށު ކައުންސިލްގެ ވެރިން ވަނީ އަންހެން ކުއްޖާ ރޭޕްކުރި މީހުން ހޯދާ، އަދަބެއްގެ ގޮތުން އެ މީހުން ލައްވާ 100 ސިޓް-އަޕް ހައްދުވާ އަދި 50،000 ރުޕީސް (750 ޑޮލަރު) އިން ޖޫރިމަނާ ކޮށްފަ އެވެ. އެކަމާ ރުޅިއައިސްގެން ގޭންގް މީހުން ވަނީ އަންހެން ކުއްޖާގެ މައިންބަފައިންނަށް އަނިޔާކޮށް އެ އަންހެން ކުއްޖާގެ ގައިގައި އަލިފާން ރޯކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިންގުމުގައި އުޅުނު 18 މީހުންގެ ތެރޭން 15 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ބުއިޔަން ހައްޔަރުކޮށްފައި ވަނީ އޭނާގެ ތިމާގެ މީހެއްގެ ގޭގައި ފިލާ އޮއްވަ އެވެ.

އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާގެ މައިންބަފައިން ކައިވެނި ޕާޓީއަކަށް ދިޔަ ވަގުތު، އެ ކުއްޖާ ޖަންގައްޔަކަށް ގެންދިއުމަށް ފަހު އެވެ. އެކަން އެނގުމާ އެކު 16 އަހަރުގެ ކުއްޖާގެ ބެލެނިވެރިން ވަނީ ޖަރުކަންދުގެ ރާޖާ ކެންދުއާ އަވަށުގެ ކައުންސިލަށް މައްސަލަ ހުށަހަޅައިފަ އެވެ. އަވަށު ކައުންސިލަކީ ގާނޫނީ ގޮތުން އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ނޫނެވެ. އެކަމަކު އެ މީހުންނަކީ އަވަށުގައި ނުފޫޒުގަދަ ބަޔަކަށްވުމުން ކޯޓަށް ދިއުމުގެ ބަދަލުގައި ގިނަ މީހުން މައްސަލަތަކުގެ ޝަކުވާ ހުށަހަޅާނީ އަވަށު ކައުންސިލަށެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ވަނީ ރޭޕުގެ 40،000 ހާދިސާ ހިންގައިފަ އެވެ. އެކަމަކު ގިނަ ހާދިސާތައް ރިޕޯޓެއް ނުކުރެ އެވެ.