07 މެއި 2018 - 10:57

ދިރާގުގެ ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ދ. ކުޑަހުވަދު އަށް އިއްޔެ ދޭން ފަށައިފި އެވެ.

ހައި ސްޕީޑު ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ކުޑަހުވަދު އަށް ތައާރަފު ކުރުމަށް ފަހު، ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެ ޕްރޮމޯޝަންގައި، ފައިބާ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ދިރާގު ޓީވީ ބަލަން ބޭނުންވާ ޖޯއިބޮސް ވެސް ހިލޭ ލިބޭނެ އެވެ.
ދިރާގުން ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ މެދުގައި ގުރުއަތު ނަގައި، އެއް ވަނަ އަށް ހޮވުނު މީހާ އަށް 55 އިންޗީގެ ޓީވީއަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއް ދީފައި ވެ އެވެ. އަދި ގުރުއަތުން ހޮވުނު އިތުރު ހަތަރު މީހަކަށް ވެސް ވަނީ ތިން މަސް ދުވަހަށް ދިރާގު ޓީވީ، ފައިބާ ބްރޯޑުބޭންޑް ޕެކޭޖެއް ދީފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ ކުޑަހުވަދޫ އަކީ މި އަހަރުގެ ތެރޭގައި، ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތައާރަފް ކުރި 17 ވަނަ ރަށް ކަމަށެވެ.
ގިނަ އަދަދެއްގެ އެޗްޑީ ޗެނަލްތަކެއް ހިމެނޭ ދިރާގު ޓީވީގައި މިހާރު 80 އަށް ވުރެ ގިނަ ޗެނަލްގެ ޚިދުމަތް ދެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތައާރަފް ކުރި ޑިޒްނީގެ ޗެނަލްތަކާއި ހިންދީ އަދި އިނގިރޭސި ފިލްމު ދައްކާ ޗެނަލްތައް ހިމެނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ޚިދުމަތުގެ މަހު ފީ އަކީ 300ރ. އެވެ.
ދިރާގު 100 އެމްބީޕީއެސް އާ ހަމައަށް ސްޕީޑް ލިބޭ ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މާލެ ސަރަހައްދާއި ރާއްޖޭގެ 39 ރަށަކަށް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ ކުންފުނީގެ އޭޑީއެސްއެލް ޚިދުމަތް އާބާދީ ބޮޑެތި ހުރިހަ ރަށްތަކަށް މިހާރު ލިބެ އެވެ.